ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ދިވެހި ތާރީޚް: އަބޫބަކުރާއި ޢަލީގެ ވާހަކަ

ނުވަވަނަ ހަސަން ރަސްގެފާނު އޭނާއަށް ރަސްކަން ގެއްލޭނެހެން ހަމަ ހީވީމާ ރާއްޖެ ދޫކޮށް ގޯވާއަށް ގޮސް ދީން ބަދަލުކޮށް ނަޞާރާ ދީނަށް ވަތް.

އެވަރުންވެސް ނިމުނީކީނޫން. އޭނާ ހީކުރީ އޭނާ ފުއްޓައްކެތް ޖަހާލުމާއެކީގައި މުޅި ދިވެހި ރާއްޖެ އެކީގައި ނަޞާރާ ދީނަށް ބަދަލުވެގެންދާނެކަމަށް. ބުނީވެސް އެހެން. ދާށޭ. ދިވެހިރާއްޖެއަށް ގޮސް ބުނާށޭ. ކަލޭމެންގެ ރަސްގެފާނު ވިދާޅުވިއޭ  ނަޞާރާ ދީނަށް އެންމެން ވަންނާށޭ. އެންމެން އެކީގައި އެއްފަހަރާ ދީން ބަދަލުކޮށްލާނޭ. ގޯވާގައި އެތިބަ މިޝަނަރީން މަޑުން ތިބޭނެތޯ. ވަގުތުން ދަތުރު ހަދައިގެން އެ މިޝަނަރީންތައް ރާއްޖެ އައިސްފި.

މިޝަނަރީން: ތިމަންނަމެން މިއައީ ކަލޭމެންގެ ރަސްގެފާނު ފޮނުވައިގެން. ރަސްގެފާނު ވިދާޅުވި  ނަޞާރާ ދީނަށް އެންމެން ވަންނާށޭ.

ޤައުމިއްޔަތުގެ ކުރި ފަޅައިގެން އަންނަނީ މިފަދަ ދަނޑިވަޅުތަކުގައި.

ދަންނަވަންތޯ. އެ ދަނޑިވަޅަކީ ދިވެހި ޤައުމިއްޔަތަށް ހިރަފުސް އަރާފައިވާ ދަނޑިވަޅެއް.

ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި ދިވެހި މުޖުތަމަޢު ދެކަފިވެފައިވާ ދަނޑިވަޅެއް.

އެއްކޮޅުގައި ހުރީ އަބޫބަކުރު ފާށަނާ ކިލެގެފާނު. އަނެއްކޮޅުގައި ހުރީ ޢަލީ ދޮށިމޭނާކިލެގެފާނު.

މިފަދަ ނާޒުކު ވަޤުތެއްގައި ނަޞާރާ މިޝަނަރީންތަކެއް ރާއްޖެ އައިސް ދިވެހިން ބާޠިލަށް އަނބުރާލަން އުޅުނު ހިނދު އެތަނުގައި ތިބި މީހުން ދިން ޖަވާބު އަޅުގަނޑުމެން އަޑުއަހާލަމާތޯ.

އަބޫބަކުރުވެސް ވިދާޅުވީ. ޢަލީވެސް ވިދާޅުވީ. އަހަރެމެން ގެ ދެކޮޅުވެރިކަން މިހާހިސާބުން ނިންމާލީއޭ. ދެބޭފުޅުން ސަލާންގަލާންކޮށް ދީނާއި ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި.

ދެފަރާތުގައި ތިބި ރައްޔިތުންވެސް އިސްލާމްދީން ޙިމާޔަތްކުރުމަށްޓަކައި އެކަތިގަނޑަކަށްވި.🇲🇻


މިއަދުވެސް އަޅުގަނޑުމެންގެ ކަންފަތްތަކުގައި ޖެހެމުންދަނީ ހަމަ އިއްޔެވެސް އެ ރޮމުން ގެންދިޔަ ރުއިމުގެ އަޑު. އެ އަޑު ކަނޑައިގެނެއްނުދޭ. އެ އަޑު އަންނަނީ އުފުލެމުންދާ ރާޅުތަކުގެ އޮއެވަރާއިއެކީގައި. ޖެހެމުންދާ ވައިރޯޅިތަކުގެ ފިރުމުންތަކާއިއެކީގައި. އަރަމުންދާ އިރުގެ ދޯދިތަކާއިއެކީގައި. އެ އަޑު ބުނަމުންދަނީ އަހަރެމެން ރޮއެފީމުއޭ. އަދިވެސް ރޯންޖެހިދާނެކަމަށް ދަރިފުޅުމެން ވިސްނާށޭ. އެހެންވީމާ މިއަދުވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ވިސްނައިގެން. އެކަމާ ހޭލާ🇲🇻


ޖޯން އެފް ކެނެޑީ އޭނާގެ ތަޤްރީރެއްގައި ވިދާޅުވެފައިވަނީ. އަހަރެމެން އަހަރެމެންގެ ދުޝްމަނުންނަށް މަޢާފުކޮށްފީމުއޭ. އެކަމަކު ބުނަންހޭ. އެމީހުންގެ ނަންތައް ދުވަހަކުވެސް ހަނދާން ނައްތާނުލައްޗޭ. ކޮންނަންތަކެއްތޯ. ޕޯޗްގީޒުން. މަލާބާރީން.🇲🇻

https://www.youtube.com/@mohamedmauoon1030/featured

17
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top