ޚަބަރު
މަސްއޫލިއްޔަތަކީ އެއީ ހަމައެކަނި ކަންކަން އަމުރުކޮށް، މަނާކޮށް ބައެއްގެ މައްޗަށް އަތްގަދަ ކުރުން ކަމުގައި ނުދެކޭށެވެ. : ހުކުރުޚުތުބާ

ބައެއްމީހުންނަށް މަސްއޫލިއްޔަތުގެ މަފްހޫމް ވަނީ އޮޅިފައެވެ. އެމީހުން ދެކޭގޮތުގައި އެއީ ފަޚްރުވެރި ކަމާއި ޝަރަފްވެރި ކަމެކެވެ. އެއީ ތިމާގެ ބާރާއި މުއްސަދިކަން ދެއްކުމަށް ހުޅުވޭ ދޮރެކެވެ. އޭނާގެ އަމާޒަކީ ފިނި ކޮޓަރީގައި، ބިޔަ މޭޒު ދޮށުގައި، ބޮޑު ގޮނޑީގައި އިނދެ، ކަންކަމަށް އަމުރުކޮށް، ކަންކަން މަނާކުރުމެވެ. މިވެނި މީހާ މިވެނި ވަޒީފާއަށް، އެވެނި މީހާ އެވެނި ވަޒީފާއަށް އިސްކުރުމެވެ. މި ނުބައި މަފްހޫމުގެ ސަބަބުން މަސްއޫލިއްޔަތު ވަނީ ވާދަވެރިކަމުގެ ތެރެއަށް ވަދެފައެވެ. މިހެންވަނީ، އަމިއްލަ އެދުން ބޮޑުވުމާއި ޢަޤީދާ ބަލިކަށިވުމުގެ ސަބަބުންނެވެ.

މަސްއޫލިއްޔަތަކީ، ލުއިފަސޭހަ ކަމެކަމަށް ހީ ނުކުރާށެވެ. އެއީ ހަމައެކަނި އަމުރު ކުރުމާއި، މަނާ ކުރުން ކަމަށް ނުދެކޭށެވެ. އެއީ ބައެއްގެ މައްޗަށް އަތްގަދަ ކުރުން ކަމަށް ނުދެކޭށެވެ. އެހެނަސް އެއީ ބޮޑެތި ޒިންމާ ތަކަކެވެ. ނާޖާއިޒު ގޮތުގައި މިކަންކަން ކޮށްފިނަމަ ޤިޔާމަތް ދުވަހުން “ އޭ ސަހަރޯއޭ“ ބުނަން ޖެހޭނެއެވެ. މާތްﷲ އަންގަވާފައިވާ ގޮތަށް، މި މަސްއޫލިއްޔަތު އަދާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރެވޭނެތެވެ. އެ ސުވާލަށް ޖަވާބު ދިނުމަށް ތައްޔާރުވާށެވެ. ރަސޫލާ ހަދީޘް ކުރައްވާފައެވެ. ”ވެރިކަމަށް އިސްކުރެވުނު މީހުން އެކަމަށް އިސްކުރުމަށްވުރެ، ތަރިތަކުގެ މަތިން ވެއްޓުންވެސް މާރަނގަޅު ކަމުގައި އުއްމީދު ކުރާނެކަން ކަށަވަރެވެ. އަދި އެއްވެސް މަސްއޫލިއްޔަތެއް އުފުލަން ނުޖެހުނަމަ މާ ރަނގަޅޭ ބުނާނެއެވެ.“

3