ޣައްޒާއަށް އަޅަމުންދާ ނުރައްކާތެރި ބޮންތަކުގެ ސަބަބުން، ކޮންމެ ދިހަ މިނެޓަކުން ކުޑަކުއްޖަކު ޝަޙީދުވޭ : ހުކުރުޚުތުބާ
އިޒްރޭލްގެ ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް އަޅަމުންދާ ނުރައްކާތެރި ބޮންތަކުގެ ސަބަބުން، ކޮންމެ ދިހަ މިނެޓަކުން ކުޑަކުއްޖަކު ޝަޙީދުވެއެވެ. އެބައިމީހުން ވަނީ، ޣައްޒާގެ ގެ ދޮރާއި، ކަރަންޓް ވިއުގަތަކުގެ އަށްޑިހަ ޕަސެންޓް ސުންނާފަތި ކޮށްލާފައެވެ. ފަލަސްތީނަކީ އިސްލާމީ ބޮޑަތި ޢިލްމުވެރިންގެ ޢިލްމީ ފޮތްތަކާއި، ބޮޑަތި މަދުރަސާތަކުން ޒީނަތްތެރިވެފައިވާ ރަށަކަށެވެ. މި ޢިލްމުވެރިންގެ ތެރޭގައި މާލިކު ބިން ދީނާރާއި، ސުފްޔާނުއްޘައުރީއާއި، އަލްއިމާމުއް ޝާފީޢީ ފަދަ ބޭބޭކަލުން ވެއެވެ.
ފަލަސްތީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ، މުސްލިމުންގެ އަޤީދާއާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެކެވެ. ޣައްޒާއަކީ، މާތް ރަސޫލާ އިސްރާކުރެއްވި، މަސްޖިދުލް އަލްއަޤްސާ ހުންނަ ފަލަސްތީނުގެ ބައެކެވެ. މަސްޖިދުލް އަޤްސާއަކީ، މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހުގައިވެސް ސަތާރަވަރަކަށް މަސްދުވަހު، މަސްޖިދުލް އަޤްސާއަށް ކުރިމަތިލައްވައި ނަމާދުފުޅު ކުރެއްވިއެވެ. ކަޢުބަތުﷲ ގެފުޅަށް ޤިބްލަ ބަދަލު ކުރެއްވުނީ އޭގެ ފަހުންނެވެ.