1.ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސް ކުރުން .
2. ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވުން
އިބުނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
”ފާފަކުރުން ވިސްނުންތެރިކަން ކޮށިކޮށްލާނެއެވެ.“
(الداءوالدواء / 147)
ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަމެއް ލިބުން އޮތީ ތަޤްވާވެރިކަމުންކަން އަބަދުވެސް ދަންނާށެވެ.
3. ޤުރުއާން ހިތުދަސްކުރާ އެކުވެރިން ހޯދުން
4. ތަކުރާރުކޮށް ކިޔުން
5. ބޭކާރު ކަންކަމާއި އަޑުތަކުން ދުރުވުން
އަލްފުޟެއިލު ބުނު އިޔާޟް ރަޙިމަހު ﷲ ވިދާޅުވިއެވެ. ދެކަމެއްހިތްހަރުކުރެއެވެ. އެއީ ގިނައިން ކެއުމާއި ގިނައިން ވާހަކަދެއްކުމެވެ.
6.ކާޓޫނާ/ މިއުޒިކުން ދުރުވުން
7. އަާތަނެއް ދަސްކުރާ އިރު މުރާޖަޢާ ވެސް އެކުއެކީގައި ކުރިޔަށް ގެންދިޔުން
8.އެކަނި ކިޔެވުމަށްވުރެ އެހެން މީހަކާއިއެކު ކިޔެވުން.
9. ހިތުދަސްކޮށްފައިވާ ސޫރަތްތައް ނަމާދުތަކުގައި ކިޔަވުން
10.ދަންވަރު އަދި ފަތިސް ވަޤުތު ކިޔެވުން
11. ނުކިޔަވާ ގަޑިތަކުގަވެސް އަބަދުވެސް ޤުރުއާން ޖަހާފަ ބެހެއްޓުން
12.ތާވަލެއް ހަދާ އެއާ އެއްގޮތަށް މަސައްކަތްކުރުން.
13.ކުށް އިސްލާހު ކުރުމަށް ހިތުދަސްކުރިބައި މީހަކަށް ކިޔައިދިނުން
14.އެއް މުސްހަފެއް އަބަދުވެސް ގެންގުޅުން
15ދަރިފުޅަށް ބަނޑު ބޮޑުއިރު ޤުރުއާން ގިނަ ގިނައިން އަޑުއަހުން.
16ޤުރުއާން ހިތުދަސްކުރުމަށް ހަދާފައި ހުންނަ އެޕްތައްވެސް ބޭނުން ކުރުން
17.އާޔަތްތަކުގައި ބުނާ އެއްޗެއް ދޭހަވުން
https://dhisalafiyyah.net/article/33595
18.އަވަސްވެ ނުގަންތުން
19އާޔަތްތަކުގެ ތަފުސީރުކިޔުން
https://quranthafseeru.com/read/3
20.ހީވާގިކަމާއި ކެތްތެރިކަމާއެކު ކުރިއަށް ދިއުން
ޝެއަރ 💝
ވަރަށް ގިނަ މީހުންނަށް ޤުރުއާން ކިޔަވާލަން ވަގުތުކޮޅެއް ނުދެވެނީ ދިރިއުޅުމުގެ ކަންކަން ބުރަކަމުންނެވެ.
ހަނދާންކުރާށެވެ. އެ ބުރަކަން ފިލުވާލަދޭނެ ބަރަކާތް ޤުރުއާނުގައިވެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
مَن دَلَّ عَلى خَيرٍ فَلَه مِثْلُ أجْرِ فَاعِلِهِ.
މާނައީ: ”ހެޔޮ ކަމަކަށް މަގުދައްކައިފިމީހަކަށް އެކަންކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ލިބޭ ހުއްޓެވެ.“