ޚަބަރު
އަބުރުގެ ދަޢުވާއިން ޑރ. ޒާކިރު ނަޔަކްއަށް ބަދަލުގެ ގޮތުގައި ލިބޭ 320،000 ޑޮލަރު އެއްކޮށް ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަދިޔާކުރަނީ

ޑރ. ޒާކިރު ނަޔަކުގެ ފަރާތުން މެލޭޝިޔާގެ ކޯޓުގައި މިނިސްޓަރ ރާމަސާމީއާ ދެކޮޅަށް އަބުރުގެ ދަޢުވާކުރީ ޙަޤީޤަތާ ޚިލާފު ވާހަކަތެއް ފެތުރުމުންނެވެ. ޑރ. ޒާކިރު ނަޔަކް އަކީ ހަރުކަށި ފިކުރު ފަތުރާމީހެއްކަމަށާއި، އޭނާގެ ވާހަކަތަކުން ހަމަނުޖެހުމަށް ހިތްވަރު ލިބޭކަމަށް ތުހުމަތުކޮށްފައި ވެއެވެ. އެހެން ނަމަވެސް ކޯޓުން ޙުކުމްކުރީ ޑރ. ޒާކިރު ނަޔަކް އާއި އެއްކޮޅަށެވެ. އަދި މިނިސްޓަރ ރާމަސްވާމީ ދެއްކެވި ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 1.52 މިލިޔަން މެލޭޝިއަން ރިންގިޓް އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. މިއީ ޤައުމުން ބޭރު މީހަކު ސިޔާސީ ނުފޫޒު ގަދަ މެލޭޝިޔާގެ ފަރާތަކާ ދެކޮޅަށް ކާމިޔާބުކުރި ފުރަތަމަ މައްސަލަ ކަމަށް ރިފޯޓްކޮށްފައި ވެއެވެ.

މިނިސްޓަރ ރާމަސާމީ އަކީ މެލޭޝިޔާގެ އިންޑިޔާ ދަރިކޮޅުގެ މީހެކެވެ. އަދި ޑރ. ޒާކިރު ނަޔަކް އަކީ އިންޑިޔާގެ މުސްލިމް ދަރިކޮޅުގެ އިންޑީޔާގެ ރައްޔިތެކެވެ. އެހެން ނަމަވެސް އިންޑިޔާ ސަރުކާރުގެ ފިއްތުންތަކާ ހެދި އަމިއްލައަށް އަރުވާލެވިގެން އުޅުއްވާ މަޝްހޫރު އަދި މަޤްބޫލު ދީނީ ޢިލްމުވެރިއެކެވެ. ޑރ. ޒާކިރު ނަޔަކްއަށް ބަދަލުގެ ގޮތުގައި ލިބޭ 320،000 ޑޮލަރު އެއްކޮށް ފަލަސްޠީނުގައި ޙާލުގައި ޖެހިފައި ވާ ރައްޔިތުންނަށް ހަދިޔާކުރުމަށް ވަނީ ނިންމަވާފައެވެ

56
  1. ޖުމް

    ވަރައްބޮޱު އިލް ވެރިބޭ ފުޅެއް ސުކުރިއްޔާޒާކިރު ނައެކް ވަރައް ހެއ دعاء سلام جزاك الله خير