ޚަބަރު
މާދަމާ ރޭ ކޭތަ ނަމާދު ކުރުން އޮންނާނެ – އިސްލާމިކް މިނިސްޓްރީ

މާދަމާ ރޭ ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީ އިން އަންގައިފިއެވެ. ހަނދު ކޭތަ ނަމާދާ ގުޅޭގޮތުން އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ 2023 އޮކްޓޫބަރ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ހަނދު ކޭތަ ހިފާނެއެވެ. މިހަނދު ކޭތަ ހިފަން ފަށާނީ ރާއްޖޭގަޑިން އެރޭ 23:01 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފަ ހުންނާނީ އެރޭގެ މެންދަމުން އަލިވެ 01:14 ގައިކަން ފާހަގަ ކުރަމެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖޭ ގަޑިން އެރޭ މެންދަމުން އަލިވެ 03:26 ގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި 2023 އޮކްޓޫބަރ 28 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު މެންދަމުންއަލިވެ 01:15 ކޭތަ ނަމާދު ކުރާނެއެވެ.

27