”ފަލަަސްޠީނުގައި 2 ދައުލަތެއް ނޯންނާނެ! އެއީ ހަމައެކަނި ފަލަސްޠީނު!“ – ޝެއިޚް އަޙްމަދު ސަމީރު
ފަަލަަސްޠީނުގެ މުޤައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކަށް އެ ބިމުގައި ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ އުންމަތުގެ ޙައްޤުގައި ވެވޭ ބޮޑުވެންވާ ޚިޔާނާތެކެވެ.
ފަލަސްޠީނުގެ ބިން ފޭރިގަނެގެން ބޭރުން އަރާތިބި ހަރުކަށި ޓެރަރިސްޓް ޖަމާޢަތަކަށް، ފަސްޠީނުގެ ބިމުގެ 78 އިން ސައްތަ ދޭގޮތަށް “ 2 ދައުލަތުގެ ޙައްލު” ގެ ނަމުގައި ހުޅަނގުން ހުށައެޅިމަކަރުވެރި ރޭވުމަކީ ޔަހޫދީ ދައުލަތް ފުޅާކޮށް އެއުރެންގެ ބާރު މުޅިތަނަށް
ފަތުރަން މަޖްބޫރު ކުރުވި ދަންތުރައެކެވެ. މިއަދު “2 ދައުލަތުގެ ޙައްލު” ގެ ވާހަކައަކީ ސީދާ ކަމާގުޅުން ހުރި އެއްވެސް ބަޔަކު ޤަބޫލުކުރާ އެއްޗެއްވެސް ނުމެނޫން މެއެވެ. އަދި ކިއެއްތަ؛ އެ ހުށައެޅުމުގައިވާ ފަލަސްޠީނުގެ ބިންތަކުގައި ،ޚުދު އެހުށައެޅުމުގެ ބައިވެރިން ކަމުގައިވާ ހުޅަނގާއި، އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ވަޒަންވެރި ކުރުވުމާއި، ހަމަ އެ ހުށައެޅުމުގައި ފަސްޠީނުގެ ސަރަޙައްދުގެ ގޮތުގައި ހުށައަޅާފައިވާ ޤުދުސްގައި އެމެރިކާއައި އެނޫންވެސް ހުޅަނގުގެ ޤައުމުތަކުގެ “އިޒްރޭލް އެމްބަސީ” ޤާއިމުކުރުމާއި، މިނޫންވެސް އެތައް ކަމެއްގެ ސަބަބުން މިއަދު އެ ބުނާ “2 ދައުލަތުގެ ޙައްލަ”ކީ އަވާމެންދުރެއްކަން އެންމެންނަށްވެސް ވަނީ ސާބިތު ވެފައެވެ.
މިއަދު އެތަނަށް އަރާތިބި ޒަޔަނިސްޓް ޔަހޫދީންނާއި އެމީހުންގެ އަޢުވާނުންގެ ބާރު ކިތެއްމެ ގަދަވިޔަސް މުސްލިމެއްގެ ހިތުގައި އެބިމުން ކައިވަތެއްގެ މިންވަރުވެސް ޣާޞިބުންނަށް ޙައްޤު ކަމުގައި ދެކިގެން ނުވާނެއެވެ. އަނިޔާވެރިކަމާއެކު ބިމަށް އަރައިގަނެވިދާނެއެވެ. އެހެނަަސް އަޅުގަނޑުމެން ހިތުގެ ޢަޤީދާއަށް އަރައިގަތަދީގެން ނުވާނެއެވެ.
ޙައްލަދީ ދީނަށް އެނބުރި އައިސް ޖިހާދުކޮށް ޤުދުސް މިނިވަން ކުރުމެވެ!
މާތް الله ޒަނިސްޓުންގެ އަނިޔާވެރިކަމުން އެބިންޠާހިރުކޮށް ދެއްވާށި! އެއުރެންގެ މަކަރުވެރި އަނިޔާވެރި ޢަމަލުތަކުން އަޅަމެެން ރައްކާތެރި ކުރައްވާށި! އާމީން!