ނަޞޭޙަތާއި އިރުޝާދު
ފޮތެއްގެ ހިޔަލުގައި: އެޓޮމިކް ހެބިޓްސް

ފަށައިގަންނައިރު އަންނަ ހެޔޮ ބަދަލުތައް ނުފެނިދާނެއެވެ. ފުރަތަމަ ތިން ދުވަހު ނުވަތަ ފުރަތަމަ ތިން މަހު ނިކަން ވަރުގަދަޔަށް މަސައްކަތްކުރާއިރުވެސް މާ ބޮޑު ބަދަލެއް އަންނަތަން ނުފެނިދާނެއެވެ. ކަންކަން ހާސިލުކުރުމަށް މަސައްކަތްކުރަމުންދާއިރު; ހެޔޮ ބަދަލު ފެންނަން ފަށާނީ ދިގު އިންތިޒާރަކަށްފަހު ގައެވެ. ކެތްތެރިކަމުގެ ޒަމާނަކަށްފަހުގައެވެ.

ތިބާގެ ޢިލްމުވެރިކަަމަކީ ތިބާގެ ފޮތްތެރިކަމާއި އުނގެނުމަށް ކޮންމެ ދުވަހަކު ދޭ ވަގުތުގެ ޖުމްލަ ނަތީޖާއެވެ.

ތިބާގެ ޖުމްލަ އާމްދަނީއަކީ ތިބާގެ އުފެއްދުންތެރިކަމާއި ހޭދަކުރުމުގެ ޖުމްލަ ނަތީޖާއެވެ.

ތިބާގެ ބަރުދަނަކީ ކެއުންބުއިމާއި ކަސްރަތުކުރުމުގައި ތިބާ ގެންގުޅޭ އާދަތަކުގެ ޖުމްލަ ނަތީޖާއެވެ.

 

ތިމާދިރިއުޅޭ މާހައުލުން ކަންކަން ހާސިލުކުރުމަތް ހިތްވަރު ލިބޭ

ފޮތްކިޔުމުގެ އާދަ ހަރުލައްވަން ބޭނުންނަމަ،  ގޭތެރޭގައި ފޮތް ބެހެއްޓުމަށް ވަކި ހާއްސަ ތަންތަން ހެދިދާނެއެވެ.

އަށަގެންނެވުމަށް ބޭނުންވާ އާދަ ފަށައިގަތުން ފަސޭހަ ވާނެ އެންމެހާ ކަމެއް ކުރާށެވެ. އެ އާދަ ޝައުގުވެރިގޮތަކަށް ބައްޓަންކޮށްލާށެވެ. އެގޮތުން އާދައެއް އަށަގެންނެވުމަށް ޓަކައި އެ އާދަ ފޫހި އާދައެއް ގޮތުގައި ނުބާއްވާ އަހަރެމެންނަށް ކުރެވުނު ވަރަކަށް އެ އާދައިން އަހަރެމެންނަށް ހިތްހަމަޖެހުން ލިބޭނޭ ގޮތަށް ބަދަލުކޮށްލާށެވެ.

ހެޔޮ އާދަތަކުގެ ނަތީޖާ ކައިރި މުސްތަޤްބަލުގައި ތިބާއަށް ނުފެނިދާނެއެވެ. އެކަމަކު ދާއިމީކޮށް ރަނގަޅު ކަމެއް ކުރާނަމަ އޭގެ ފޮނި ނަތީޖާ ތިބާއަށް ލިބޭނެކަން ޔަޤީންކުރާށެވެ.  ހަނދާނުގައި ބަހައްޓަންވީ ހާސް މޭލުގެ ދަތުރުވެސް ފެށެނީ އަޅާލެވޭ އެންމެ ފިޔަވަޅަކުން ކަމެވެ.

”ހިންމަތާއެކުގައި މަސައްކަތްކުރާ މީހުންނަށޭ މިންނަތުގެ އާޚިރު ނަތީޖާ މާމުޔަށްވުރެ ފޮނިވަނީ“

ކަންނެތްކަމާ ހަނގުރާމަ ނުކޮށް ހެޔޮ ކަމެއް އަާދަވެ ނުކުރެވޭނެއެވެ.

ރަނގަޅު ޝަޚްޞިއްޔަތެއް ބިނާވާނީ ރަނގަޅު އާދަތަކެއް ހުރެގެންނެވެ! ރަނގަޅު އާދަތައް ހަރުލެއްވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ.

ތިބާއަށް ލިބޭނެ އެއްމެ އަގުބޮޑު ދެ އެއްޗަކީ ވަގުތާއި ޢިލްމެވެ! އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރެވޭނީ ގުރުބާނީތަކެއް ވެގެންނެވެ. އެއްޗެއް ލިބިގަތުމަށްޓަކައި އެއްޗެއް ދޫކުރަންޖެހެއެވެ. ކަމެއް ހާސިލުކުރުމަށްޓަކައި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. މިއީ މިދުނިޔޭގެ ގާނޫނެވެ. މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެށިން ދައްކަމުންދާ ހަގީގަތެވެ. ރުކެއް ހެދި ފޯދޭން އެތައް ދުވަހެއް ނަގައެވެ. ދޫނިސޫފާސޫފި އެސޮރުމެންގެ ހާލި ހަދަނީ ހޯއްޔަކަށްފަހު ހޯއްޔެއް ލަމުންނެވެ.

ހެޔޮކަންކަން ފަހުން ކުރާން ނުބަހައްޓާށެވެ.

ޢަޒުމަކީ ބަލިކަށިވާ އެއްޗެކެވެ. ކަންނެތްކަމުގެ ހިރަފުސްތަކުން ހަށިގަނޑު ކިލާވެސްވެދެއެވެ.


ނުބައި އާދައަކުން ދުރުވާނީ ކިހިނެއް؟

  • ނުފެންނަ ގޮތް ހަދާ
  • އެކަމެއްކުރަން ހުންނަ ޝައުޤުވެރިކަން މަރާލާ
  • އެކަންކުރުމަކީ އުނދަގޫ ކަމެއް ކަމުގައި ހަދާ
  • އެކަންކުރުމަކީ ކަޑަކަމެއް ގޮތުގައި ޤަބޫލުކުރޭ. އެކަން ކުރެވިއްޖެނަމަ އަމިއްލަ ނަފުސަށް އަދަބުދީ.

    Take action: success requires action, so take small steps every day towards your goals.


    There are four rules for cultivating deep work

    Simplify your life.

    Eliminate distractions from your work environment and schedule.

    Work in focused blocks of time.

    Practice deliberate practice.

    Take breaks.

30