ޚަބަރު
ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު : ހުކުރުޚުތުބާ

ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑުކަމަށް މިއަދުގެ ޚުކުރު ޚުތުބާގައި ވިދާލުވެއްޖެއެވެ.

މިކަން ބަޔާން ޚުތުބާގައި ވިދާޅުވީ ދޮގު ޚަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ޙައްޤު އޮޅުވާލާނެ ކަމެކެވެ. މީސްތަކުން ހަމަ މަގުން އެެއްކިބާ ކުރުވާނެ ޢަމަލެކެވެ. އެ ކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަވެރިކަން އުފެދޭތީއެވެ. މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.“ މީހަކު ޤަތުލު ކުރުމަށް ވުރެ ފިތުނަވެރިކަން ބޮޑުވަނީ ކީއްވެގެން ހެއްޔެވެ.؟ ޤަތުލުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި އެ ފަރުދަށް ނުވަތަ އާއިލާއަށް ކަމަށްވެފައި ފިތުނައިގެ ސަބަބުން މުޅި މުޖުތަމަޢަށް ގެއްލުން ލިބޭނެތީއެވެ.

މުސްލިމުންގެ ސިއްރުތައް ބޭޒާރުކޮށް އެމީހުންގެ އަބުރު ނަގައިލުމަކީ، އިސްލާމްދީން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އޭގެ ސަބަބުން މުޖުތަމަޢު ހަލާކުވެ، މީސްތަކުންގެ މެދުގައި ފަސާދަ ޢާއްމު ވެދާނެތީއެވެ.

 

7