ނަޞޭޙަތާއި އިރުޝާދު
ހަލާކުކުރެވުނު އުއްމަތްތައް

ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންނުވުމުން ހީވެސްނުކުރާފަދަ ދަތި އުނދަގޫ ކަންތަކާއި ކުރިމަތިލާންޖެހެއެވެ. ނަހީކުރެވިފައިވާ ކަންތައްތަކަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ބައެއްފަހަރު މުޞީބާތްތައް ޖެހެއެވެ. ބައެއްފަހަރު ހައިހޫނުކަމާއި ކުރިމަތިލާންޖެހެއެވެ. އަނެއްބައިފަހަރު ބަލިމަޑުކަމާއި ކުރިމަތިލާންޖެހެއެވެ. އަނެއްބައިފަހަރު މުޖުތަމަޢުގައި އޮންނަ އަމާންކަންގެއްލި، ބިރުވެރިކަމާއި ނުތަނަވަސްކަމާއި ކުރިމަތިލާންޖެހެއެވެ. މިހެން މިކަންކަން ދިމާވާނެކަން، މާތްﷲ އެކަލާނގެ ފޮތުގައި ބަޔާންކޮށްދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ ‎﴿١١٢﴾‏

މާނައީ: ”އަމާންވެ ހިތްހަމަޖެހިގެންވާ ރަށެއްގެ މިސާލުން، ﷲ މިސާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެރަށަށް ރިޒުޤު އާދެތެވެ. ދެން ﷲ ގެ ނިޢުމަތްތަކަށް އެރަށުގެ މީހުން ކާފިރުވޫއެވެ. ދެން އެއުރެން ކޮށް އުޅުނު ކަންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާން ލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ.“

[16:112]

މާތްﷲ ކަނޑައަޅުއްވާފައިވާ އިންތައް މުގުރާލައި ހިތުހުރިގޮތަކަށް އުޅުމަކީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ކުފުރުވެރިވުން ކަމުގައި އިސްވެދެންނެވި އާޔަތުގައި ބަޔާންވެފައިވެއެވެ.

11