ކީރިތި ރަސޫލާ ހަދީޘް ކުރެއްވިއެވެ. “ މައިންބަފައިންނަކީ ސުވަރުގޭގެ އެންމެ މާތް ދޮރުކޮޅެވެ. ފަހެ ތިބާ އެދޭނަމަ އެ ދޮރުކޮޅު ނަގައިލާށެވެ! ނުވަތަ ރައްކާތެރި ކުރާށެވެ! މި ހަދީޘް ބަސްފުޅުން ދޭހަވާ ގޮތުގައި މައިންބަފައިންގެ ޙައްޤުތަކުން ރައްކާތެރިވުމަކީ، ތިބާ ސުވަރުގެ ވަނުމަށް ހުޅުވިފައިވާ ދޮރެކެވެ. އަދި މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރި ނުވަމަކީ، ސުވަރުގޭގެ މަތިވެރި އެ ނިޢުމަތުން ތިބާ މަޙްރޫމް ވެގެންދާނެ ކަމެއްކެމެވެ.
މުސްކުޅިވެފައިވާ މައިންބަފައިންނަށް ޚިދުމަތްކުރާނެ ފުރުސަތު ލިބުނުމީހާ، އެކަމަށްޓަކައި ﷲއަށް ޝުކުރުވެރި ވާށެވެ. އޭނާއަށް ސުވަރުގޭގެ ދޮރުކޮޅެއް ހުޅުއްވައި ދެއްވީތީއެވެ. މައިންބަފައިންނަށް އުރެދުމަކީ، ތިމާގެ އަޅުކަންތަކުގައި ޖެހޭ ލައްތަކެކެވެ. އެއް ދުވަހަކު ރަސޫލާ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި، ކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށް އަޅުގަނޑު ހެކިވަމެވެ. ފަރްޟު ފަސް ނަމާދު އަދާކުރަމުއެވެ. އަޅުގަނޑުގެ މުދަލުން ޒަކާތް ދެމުއެވެ. ރަމަޟާންމަހު ރޯދަ ހިފަމުއެވެ. އެހިނދު ނަބިއްޔާ ހަދީޘް ކުރެއްވިއެވެ. “ ތިޔަގޮތުގައި މަތީގައި މަރުވި މީހާ ޤިޔާމަތް ދުވަހުން ވާނީ ނަބީބޭކަލުންނާއި ޞިއްދީގުންނާއި ޝަހީދުންނާއެކު މި ގޮތަށެވެ. މިހެން ހަދީޘް ކުރައްވައި ދެ އިނގިލިފުޅު އުފުއްލަވައި ލެއްވިއެވެ. އެއީ އޭނާގެ މައިންބަފައިންނަށް އުރެދިފައިވާ ނުވާ ނަމައެވެ.“