ސިކުނޑީގައި އެނބުރޭ ޚިޔާލުތައް ގިނަވެއްޖެނަމަ އެ ޚިޔާލުތައް ކަރުދާސްގަނޑެއްގައި ލިޔެލާށެވެ. މި ގޮތަށް ކަންތައް ކުރުމުން ބޭކާރު ޚިޔާލުތަކާއި މުހިއްމުކަން ކުޑަ ޓާސްކް ތަކާއިމެދު އުފެދިފައިވާ ނުތަނަވަސްކަން ބޭރުކޮށްލެވި އިސްކަންދޭންޖެހޭ ބޮޑެތި ޓާސްކްތަކަށް ވިސްނުމާއި ހަކަތަ ހުސްކުރުމަށް ޖާގަ ލިބިގެންދޭ ފަތިސް ނަމާދަށްފަހު ހެނދުނުގެ ޛިކުރުތައް ޢަސްރު ނުވަތަ މަޣްރިބް ފަހު ހަވީރުގެ ޛިކުރުތައް ކިޔާށެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކުގައި ދުވަހުގެ ވަގުތުުތަކުގައި ބަރަކާތް ލެއްވުން އެދި ދުޢާ ކުރުން ހިމެނިގެންވޭ އެއް ވަގުތެއްގައި ދެ ކަން ކުރަން ނޫޅޭށެވެ. ފުންކޮށް ނޭވާލުން، ކަސްރަތު ކުރުން ، ކީރިތި ޤުރްއާން ކިޔެވުން ނުވަތަ އަޑުއެހުން ފަދަ ސިކުނޑި ތާޒާ ކުރުވާ މީހާ ހީވާގި ކޮށްދޭ ކަންކަން ކުރާށެވެ. ފޯކަސް ގެއްލުވާލާ އެންމެހާ ކަމަކުން އެއްކިބާވެގެން ނިންމަންޖެހޭ ޓާސްކްތަައް ނިންމަން އިށީންނާށެވެ.