ޚަބަރު
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ނުބައި މަރަކުން މަރުވެދިޔުމާ ދުރުހެލި ކުރައްވާނޭ ކަމެއް: ހުކުރުޚުތުބާ

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ޢުމުރު ދިގުކޮށްދެއްވައި، ރިޒުޤު ތަނަވަސްކޮށްދެއްވައި، ނުބައި މަރަކުން މަރުވެދިޔުމާ ދުރުހެލި ކުރައްވާނޭ ކަމެކެވެ. ރަސޫލާ ހަދީޘް ކުރައްވާވެފައެވެ. މާނައީ “ އޭނާގެ ޢުމުރު ދިގުކުރެއްވުމަށާއި، ރިޒްޤު ތަނަވަސް ކޮށްދެއްވުމަށާއި، ނުބައި މަރަކުން މަރުވުމާ ދުރުކޮށް ދެއްވުމަށް އެދޭ މީހާ، ފަހެ ﷲ އަށް ތަޤްވާވެރިވެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ.“

ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެ ކަމެކެވެ. މާތް ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. ”ހަމަކަށަވަރުން ﷲ، ޚަލްޤުތަކުން ޚަލްޤުކުރައްވައި ނިމިވޮޑިގަތް ހިނދު، ރަޙިމު ދެންނެވިއެވެ. މި މަޤާމުގައި، ރަޙިމުގެ ގުޅުން ކަނޑާ މީހުންގެ ކިބައިން ޙިމާޔަތާއި ރައްކާތެރިކަން ދެއްވުމަށް އެދި މިއަޅާ ދަންނަވެމެވެ.

26