ޚަބަރު
މުދައްރިސުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްޔަތަކެއް : ހުކުރުޚުތުބާ

ފޮނި ނަތީޖާ ތިޔަކުދިންނަށް ނެރެވޭނީ މަދްރަސާއާއެކު އެއްބާރު ލައިގެންނެވެ. މަދްރަސާގެ ޤަވާއިދުތަކަށް ބޯލަނބައިގެންނެވެ. ތިޔަ ކުދިންގެ ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ މަތިވެރި ޤަދަރާއި އިޙްތިރާމު އަދާކޮށްގެންނެވެ. އެމީހުންނަކީ ދުނިޔެއާއި އާޚިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްޔަތަކެކެވެ. ތިޔަ ކުދިން ތަރުބިއްޔަތު ކުރުމުގެ ބުރަ މަސްއޫލިއްތު ޙަވާލުވެ، މުދައްރިސުން އެކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރު ކުރުމަށާއި، ނުބައި ކަންތަކާ ދުރުހެލި ވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައެވެ. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެތިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައެވެ.

5