ޚަބަރު
ރިވެތި އަޚްލާޤުގެ ވެރިއަކަށް ވެވޭނީ، ރަނގަޅު އެކުވެރީންނާ އެކު އުޅެގެން: ހުކުރުޚުތުބާ

ހެޔޮކަމުގެ ތަޅުދަނޑިއަކަށް ވާން އެދޭ މީހާ، މަތިވެރި އަޚްލާޤުގެ ވެރިއަކަށް ވާން ޖެހޭނެއެވެ. މަތިވެރި އަޚްލާޤުގެ ވެރިޔާ، އޭނާގެ ފަސްބައި ހަޑިއުތުރު ޢަމަލުތަކުން ކިލާކުރާކަށް ބޭނުމެއް ނުވާނެއެވެ. ރިވެތި އަޚްލާޤުގެ ވެރިއަކަށް ވެވޭނީ، ރަނގަޅު އެކުވެރީންނާ އެކު އުޅެގެންނެވެ. ރަނގަޅު މަޖިލިސްތަކަށް ގޮސްގެންނެވެ.

ހެޔޮ ކަންތަކުގެ ތަޅުދަނޑި އަކަށް ވެވޭނީ، މާތްﷲ ފަރްޟު ކުރައްވާފައިވާ ނަމާދުތަކާއި ދީނުގެ އެހެނިހެން ފަރްޟު ތަކާއި ވާޖިބުތައް ބަރާބަރަށް އަދާކޮށް، މުންކަރާތްތަކާއި، ފާޙިޝް ޢަމަލުތަކާ ދުރުހެލިވެގެންނެވެ. ﷲ ގެ އަމުރުފުޅު ތަކާ އެއްގޮތަށް ޢަމަލުކޮށް، އެކަލާނގެއަށް ވެފައިވާ އަޙްދަށް ވަފާތެރިވާ މީހާ، ހެޔޮކަމުގެ ތަޅެއްކަމުގައި ލައްވާނެތެވެ. އެ ފަދަ މީހާއަށް މާތްﷲ ދެއްވާނީ ހެޔޮކަމުގެ ހުރިހާ ދޮރުތަކެއް ހުޅުވައިލެވޭ މައި ތަޅުދަނޑިއެކެވެ.

9