ޢިއްޒަތާއި ޤަދަރު ލިބުން އޮތީ، އެމީހުންގެ އަޤީދާގައި ހިފެހެއްޓި މިންވަރަކުންނެވެ. އަޤީދާ ބަލިކަށިވި ވަރަކަށް އެއުރެން ނިކަމެތިވާނެއެވެ. މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅަފިނަމަ އެބަޔަކު ބަލިވެދާނެއެވެ.