މީސްމީހުންނާއި ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދާ އާންމުކޮށް ނުފެތުރުމަށް މިއަދުގެ ހުކުރުޚުތުބާ ގައި ގޮވާލައްވާފިއެެވެ.
ބައެއްފަހަރު މީސްމީހުންނާއި ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދާއި، އެމީހުން ބަދުނާމުކުރުމުގެ ނިޔަތުގައި އެވާހަކަތައް އާންމުކޮށް ފަތުރާ މީހުން އުޅެއެވެ. އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވާ ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. އަދި ތިބާއަށް އެގުމެއްނުވާކަމަކަށް ތިބާ ތަބައަނުވާށެވެ. ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާ މިއިން ކޮންމެ ކަމަކީ އެއާއި މެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެެވެ.
މިފަދަ ވާހަކަތައް ފަތުރާ މީހުން އެ މީހުންގެ ގުނަވަންތަކުން ކުރާ އަމަލުތަކަށް ޖަވާބުދާރީ ވާންޖެހޭނެއެވެ.އެއިން ކޮންމެ ކަމާ އެދުވަހުން ސުވާލު ކުރަންވާނެކަން ދަންނަން ެެޖެހެއެވެ.