ޚަބަރު
ދޭތެރެ ޖެއްސުމަކީ، ކަށްވަޅުގައި ޢަޛާބު ލިބޭ ނުބައިވެގެންވާ ބޮޑު ފަފާއެއް: ހުކުރުޚުތުބާ

ތިޔަބައިމީހުން ނެތިމޮށުމާއި، ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާއި ދުރުހެލިވާށެވެ! ކަށްވަޅުގައި ޢަޛާބު ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަކަންކަން ހިމެނެއެވެ. ދެބައޮޑުވަމުން، ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް، ޤިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ލިބޭނެއެވެ. މުސްލިމުންގެ ޣީބަ ބުނެ، ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ ޢަޛާބު ދެއްވާނެއެވެ.

ދޭތެރެ ޖެއްސުމަކީ، ނުބައިވެގެންވާ ކަމެކެވެ. އެއީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމެވެ. އެއީ ފަފާއެކެވެ.

22