ނަޞޭޙަތާއި އިރުޝާދު
ކާމިޔާބީގެ ތަޅުދަނޑިތައް

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރެވޭނީ ގުރުބާނީތަކެއް ވެގެންނެވެ. އެއްޗެއް ލިބިގަތުމަށްޓަކައި އެއްޗެއް ދޫކުރަންޖެހެއެވެ. ކަމެއް ހާސިލުކުރުމަށްޓަކައި ތަކުލީފުތަކެއް އުފުލަންޖެހެއެވެ. ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. މިއީ މިދުނިޔޭގެ ގާނޫނެވެ. މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ ވެށިން ދައްކަމުންދާ ހަގީގަތެވެ. ރުކެއް ހެދި ފޯދޭން އެތައް ދުވަހެއް ނަގައެވެ. ދޫނިސޫފާސޫފި އެސޮރުމެންގެ ހާލި ހަދަނީ ހޯއްޔަކަށްފަހު ހޯއްޔެއް ލަމުންނެވެ.

ކާމިޔާބަކީ ހަމަ ކުއްލިއަކަށް ލިބޭ އެއްޗެއް ނޫނެވެ. ކާމިޔާބަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ތިބާގެ ޢިލްމުވެރިކަަމަކީ ތިބާގެ ފޮތްތެރިކަމާއި އުނގެނުމަށް ކޮންމެ ދުވަހަކު ދޭ ވަގުތުގެ ޖުމްލަ ނަތީޖާއެވެ.

ތިބާގެ ޖުމްލަ އާމްދަނީއަކީ ތިބާގެ އުފެއްދުންތެރިކަމާއި ހޭދަކުރުމުގެ ޖުމްލަ ނަތީޖާއެވެ.

ޢުމުރުން 80 އަހަރުވާއިރު ގޭގެ އުނދޯލީގައި އިށީނދެ އިނދެ އެ އުނދޯލި ހެއްލަމުންދާއިރު ހިތަށް އަންނަނީ އަޅެ އެ ކިޔެވުނުނަމައޭ. އަޅެ އެ ފޮތް ލިޔެވުނުނަމައޭ. އަޅެ އެ ވަޒީފާ ލިބުނު ނަމައޭ. މިހެން ހިތަށް އަރާފަ ދެރަވާނެ ކަމަށް ވަންޏާ މިއަދަކީ މަސައްކަތްކުރަންވީ ވަގުތު. 80 އަހަރުވީމަ އެ ވަޤުތު އެދިޔައީ. ދެނެއް ނެތް ވަޤުތެއް. މިއަދު މީ ކިޔަވާންވީ ވަގުތު. މިއަދު މީ މޮޅުވާންވީ ވަގުތު.
މިއަދު މީ ހުނަރުތައް ދަސްކުރާންވީ ވަގުތު.

މީގެ ފަންސާހަކަށް އަހަރު ކުރިން ދިރާސާވެރިން ކޮށްފައިވާ ތަހްލީލެއްގައި ހިމެނީ ހަތަރު އަހަރުގެ ކުޑަކުދިންނެވެ. އޭގައި ބައިވެރިވި ކޮންމެ ކުއްޖެއްގެ އަތަށް މެޓައެއް ދިނެވެ. އަދި އެމެޓާ އެކުދިންނަށް ވަގުތުން ކެވިދާނެ ކަމުގެ އިޝާރާތް ވެސް ކުރި އެވެ. އެކަމަކު، މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކޮށްފި ނަމަ އިތުރު މެޓައެއް ލިބުމުގެ ފުރުސަތު އޮތް ކަމަށް އެކުދިން ގާތު ބުނެވުނެވެ. ކޮންމެއަކަސް، އެތަނުން ބައެއް ކުދިން ވަގުތުން މެޓާ ކާލި އެވެ. ބާކީ ތިބި ކުދިން މަޑުކުރީ ވިހި މިނެޓު ފަހުން އިތުރު މެޓައެއް ހޯދުމުގެ އިންތިޒާރުގަ އެވެ. މި ދިރާސާގެ ނަތީޖާތަކުން އާދަޔާ ހިލާފު ކަންތައްތަކެއް ހޯދުނެވެ.

ދިރާސާގައި ބޭނުންކުރި ހުރިހާ ކުދިން ވެސް ބޮޑުވަންދެން އެމީހުންގެ ދިރިއުޅުން ވަރަށް ގާތުން ދިރާސާވެރިން ބަލަމުން ދިޔަ އެވެ. އެކުދިންގެ ތެރެއިން ފުރަތަމަ ދިން މެޓާ ނުކައި ވިހި މިނެޓު ވަންދެން މަޑުކުރި ކުދިން ކިޔެވުމުގައި ރަނގަޅު ވަނަތައް ހޯދި އެވެ. ތައުލީމީ ހަޔާތް ނިމިގެން ދިރިއުޅުމެއް ފެށިއިރު ރަނގަޅު ދަރަޖައިގެ ވަޒީފާތަކަށް ވެސް ދިޔަ އެވެ. އެމީހުންގެ ޒަވާޖީ ހަޔާތް ވެސް އެހާމެ ބާއްޖަވެރި އެވެ. އަދި، ފުރަތަމަ މެޓާ ވަގުތުން ކާލަން ހިޔާރުކުރި ކުދިންނާ ހިލާފަށް، ޖުމްލަ ގޮތެއްގައި އެމީހުންގެ ދިރިއުޅުން ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އެވެ.

ހަވާލާ:

https://mihaaru.com/opinion/17528

ތިބާއަށް އެކަންކަމުގެ ކޮންޓްރޯލް ނޯންނަ ކަންކަމާމެދު ވިސްނާ ފިކުރުކޮށް ކަންބޮޑުވުމުގެ ބަދަލުގައި ހުރިހާ ކަމެއްގެ ކޮންޓްރޯލް އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތަށް އެންމެ ފުރިހަމައަށް ބަރޯސާކޮށް ޙަޔާތައިގެން ކުރިޔަށް ދާށެވެ.

ކުޑަ އަލިފާންގަނޑަކުން ލިބޭ އައްޔާއި، ހޫނު ކުޑަވާނެއެވެ. ބޮޑު އަލިފާން ގަނޑަކުން ލިބޭ އައްޔާއި ހޫނު ބޮޑުވާނެއެވެ. ކަމެއް ކާމިޔާބުކުރުމުގެ ޝައުގުވެރިކަން ކުޑަނަމަ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރެވޭނީ ވަރަށް ވަޅޯތާފަނާކޮށެވެ. ކަމެއް ކާމިޔާބުކުރުމަށް ހިތުގައި މަތިވެރި ޢަޒުމެއް އޮތްނަމަ، ރެޔާއި ދުވާލު ކާމިޔާބާއި ދިމާލަށް ބޮޑެތި ފިޔަވަޅު އަޅާނެއެވެ.

އަޅުގަނޑުމެންގެ ސިކުނޑިތައް ގާނުވައި، ހާނުވާންވީ ސްޕެޝަލައިޒްޑް ނޮލެޖަށެވެ.

3