Uncategorized
މުހާޖިރުންގެ މާތްކަން

މާތް ﷲ ރުއްސުންލެއްވި أبو الدرداء ވިދާޅުވިކަމަށް ރިވާވެގެންވެއެވެ.
”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަޚުންގެތެރެއިން 70 މީހުންނަށްޓަކައި ތިމަންކަލޭގެފާނު ސަޖިދައިގައި ދުއާ ކުރައްވަމެވެ.“

أخرجه ابن أبي شيبة في المصنف

لِلۡفُقَرَآءِ ٱلۡمُهَٰجِرِينَ ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِمۡ وَأَمۡوَٰلِهِمۡ يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ٨الحَشۡر :

އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުންނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް (އެ ފައިއު فيء މުދަލުގައި) ޙައްޤެއްވެއެވެ. އެއުރެންނީ ﷲގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާއަށް ނަޞްރުދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ.

އެއުރެންނީ ﷲގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންކަމުގައި ބަޔާން ކުރައްވާފައިވުމުން އެބޭކަލުންގެ އިޚްލާޞްތެރިކަން ދޭހަކޮށްދެއެވެ. أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ މި ބަސްކޮޅުން އެބޭކަލުންނީ ތެދުވެރިންކަން ދޭހަކޮށްދެއެވެ.

وَٱلسَّٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَٰجِرِينَ وَٱلۡأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحۡسَٰنٖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُ وَأَعَدَّ لَهُمۡ جَنَّٰتٖ تَجۡرِي تَحۡتَهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ١٠٠التَّوۡبَة :

މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސް ނެންގެވި ބޭކަލުންނާއި، ހެޔޮ ގޮތުގައި އެ ބޭކަލުންނާއި ތަބަޢަވީމީހުން ދަންނާށެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން އެކަލާނގެއަށް ރުހުނޫއެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެކަލާނގެ އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބުލިބުމަކީ އެއީއެވެ.

9