ޚަބަރު
ހެޔޮކަންކަމަކީ މީހާއަށް ﷲ ގެ ރަޙްމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއް: ހުކުރުޚުތުބާ

ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައިކަންކަމާއި ދުރުހެލިވުމަކީ ވަރަށް މުހިއްމުކަމެކެވެ. ހެޔޮކަންކަމަކީ މީހާއަށް ﷲ ގެ ރަޙްމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނަން ޖެހެއެވެ. ހަމައެފަދައިން ފާފަތަކަށް އަރައިގަތުމަކީ ﷲ ގެ ރަޙްމަތުން ދުރުކުރެވި ނިޢުމަތްތަކުން މަޙްރޫމު ވެދާނެ ސަބަބެއްކަމުގައި ހަނދާންކުރަން ޖެހެއެވެ. އެހެންކަމުން ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި އަރާރުންވުމާއި މަލާމާތް ކުރުމާއި ފުރައްސާރަ ކުރުމާއި ބާތިލު ވާހަކަ ދެއްކުމާއި އަދި ފިތުނަ އުފައްދައި، ފަސާދަ ކުރުންފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެތިބޭ ބަޔަކަށް ވާށެވެ. މާތްﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް އަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

4