ޚަބަރު
ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެ: ހުކުރުޚުތުބާ

ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާނެކަމެއް މި މައުލޫއަށް ޚާއްސަ ކުރެވިފައިވާ މިއަދުގެ ޚުތުބާގައި ދޮގު ހެދުމުގެ ނުބައިކަން ބަޔާންކޮށް ވިދާޅުވެފައިވަނީ ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުވި ވަރަކަށް އެކަމުގެ ފާފަ ބޮޑުވާނެއެވެ. ހަދައިގެން ދޮގު ޚަބަރުފަތުރާ ނޫސްވެރިޔާއާއި، ދޮގު ވާހަކަ ޓުވީޓްކުރާ މީހާއާއި، އަމިއްލަ އެދުމެއް ޙާސިލު ކުރުމަށްޓަކައި ވާހަކަތައް ހަދަހަދައިގެން ފަތުރާ މީހާއާއި، އަމިއްލަ މަޤްސަދަކަށްޓަކައި، މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާމީހާ އާއި ދޭތެރެ ޖައްސާމީހާ، އެ އަރައިގަންނަނީ ވަރަށްބޮޑު ފާފައަކަށެވެ.

ދޮގުވެރިކަމަކީ ދޮގު ހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެކެވެ. އެއީ ނުބައި ކަންތައްތަކަށް މީހާ ހުށަހެޅޭ ކަމެކެވެ. ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތަކެވެ. ނަމަވެސް، ދޮގުހެދުމާއި، އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ  މީހުންނަށް އެކަމުގައި ފަރުވާއެއް ނެތެވެ. މިކަން ބަޔާންކޮށް ރަސޫލާ ހަދީޘެއްގެ މާނައިގައިވެއެވެ. “ ޚީޔާނާތާއި ދޮގުހެދުން ފިޔަވާ އެހެން ކޮންމެ ސިފައެއްގެ މަތީގައި މުއުމިނާ ހުރެދާނެއެވެ.“

 

17