ޚަބަރު
މީސްތަކުންނަށް ރަޙްމު ނުކުރާމީހާއަށް މާތްﷲ ރަޙްމު ނުކުރައްވާނެ: ހުކުރުޚުތުބާ

ރަޙްމުކުރާ މީހަކަށް ތިބާވާށެވެ! އޭރުން ﷲ ތިބާއަށް ރަޙްމަތް ލައްވާނެއެވެ. އެންމެ ފުރަތަމަ ތިބާގެ ނަފްސަށް ތިބާ ރަޙުމު ކުރާށެވެ! އުރެދުންތަކަށް އަރައިގަތުމާ ދުރުހެލި ވެގެންނެވެ. ތިބާގެ ނަފްސު ﷲ އަށް ކިޔަމަށް ގަތުމަށް އާދަ ކުރުވާށެވެ! ހެޔޮމަގުގައި ދަތުރު ކުރާށެވެ. ބާއްޖަވެރިކަމުގެ މަގު އިޙްތިޔާރު ކުރާށެވެ! އޭރުން ﷲ ގެ އަޒާބުން ތިބާގެ ނަފްސު ރައްކާތެރި ކުރެވޭނެއެވެ. ތިބާގެ ނަފްސު ކަންބޮޑުވުމުން ދުރަށް ލެވޭނެއެވެ. ﷲ ގެ ކޯފާއާ ދުރަށް ދެވޭނެއެވެ. ޤިޔާމަތްދުވަހުން ހިތާމަކުރާންޖެހޭ މީހަކަށް ނުވާނެއެވެ.

25