ނަޞޭޙަތާއި އިރުޝާދު
ނަބިއްޔާ ﷺ މިއުއްމަތާއިމެދު އުފާވެވަޑައިގެންނެވި ވަގުތުކޮޅު

ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ބާރަ ވީ ހޯމަ ދުވަހު، ފަތިސް ނަމާދުގެ ޖަމާޢަތުގައި މުސްލިމުންގެ އިމާމަމަކަށް އަބޫބަކުރުއްޞިއްދީޤު (ރަޟިޔަﷲ ޢަންހު) ހުންނެވިއެވެ. އެވަގުތު ރަސޫލާ ﷺ ގެކޮޅުގެ ދޮރުކޮޅުގެ ފަރުދާ ހިއްލަވާލެއްވުމަށްފަހު، މީސްތަކުންނަށް ބައްލަވާލައްވައި، ހިނިވަރުނަ ކުރައްވާ ޙާލުކޮޅުގައި އެފަރުދާ ދޫކޮށްލައްވައި، ގެކޮޅުގެ އެތެރެއަށް ވަދެވަޑައިގެންނެވިއެވެ. ލޮބުވެތި ނަބިއްޔާ ހިނިވަރުނަކުރެއްވީ، އެކަލޭގެފާނުގެ އުއްމަތުގެ މީހުން ނަމާދުގެ ޖަމާޢަތުގައި ބަދަހި ސަފުތަކެއްގައި ވަނިކޮށް ފެނިވަޑައިގަތުމުންނެވެ.

ބައެއް ސަލަފުން ވިދާޅުވެފައި ވެއެވެ. “އެމީހަކު ކޮށްފައިވާ ފާފައެއްގެ ސަބަބުން މެނުވީ، އެއްވެސް މީހަކަށް ނަމާދުގެ ޖަމާޢަތު ގެއްލިފައި ނުވާނެއެވެ.”

تاريخ دمشق (١٤١/٣٤)

17