ނަޞޭޙަތާއި އިރުޝާދު
އަޞްރު 101: ޛިކުރުކުރުމުގެ މާތްކަން

މި ލިޔުމަށް މަޢުލޫމާތު ނެގިފައިވަނީ ތިރީގައިމިވާ ވީޑިއޯއިންނެވެ.

އަލްއަޚް ޢީސަ: ޛިކުރުކުރުމުގެ މާނައަކީ ކޮބާ؟

އައްޝެއިޚް އިބްރާހިމް ރާފިޢު: ޛިކުރުކުރުމުގެ މާނައަކީ މާތްﷲ ގެ މަތިން ހަނދުމަކުރުން

ޛިކުރުކުރުމުގެ މާނައާއި މަފްހޫމް ވަރަށް ފުޅާ ވަރަށް ތަނަވަސް.

ޛިކުރުކުރެވިދާނެއެކިގޮތްގޮތަށް. ނަމާދުގެ ވެސް އެންމެ މުހިއްމުކަމަކީ ޒިކުރުކުރުން. މާތްﷲ ވަޙީކުރައްވައިފައިވޭ.

وَأَقِمِ الصَّلَاةَ لِذِكْرِي

އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!

ހۗަމައެގޮތަށް ކީރިތި ޤުރުއާން ކިޔެވުމަކީވެސް ޛިކުރުކުރުން. މާތްﷲ ވަޙީކުރައްވައިފައިވޭ. وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ ‎﴿٤٤﴾‏

އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ.

މި އާޔަތުން އެނބަ އެނގޭ ކީރިތި ޤުރުއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން އެއްނަމަކީ الذِّكْر ކަން.ކީރިތިޤުރުއާނުގައި މާތްﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައްވޭ.ކީރިތިޤުރުއާނުގައި އާޚިރަތްދުވަހުގެ ވާހަކަތައްވޭ. މިކަންކަން ހަނދުމަކުރުމަކީވެސް ޒިކުރުކުރުން

سبحان الله ކިޔުން. الحمد لله ކިޔުން.  الله أكبر  ކިޔުމަކީވެސް ޛިކުރުކުރުން

ހަމައެގޮތަށް މާތްﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމާއި މެދު ވިސްނާ ފިކުރުކުރުމަކީވެސް ޛިކުރުކުރުން. މާތްﷲ ވަޙީކުރައްވައިފައިވޭ.

الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!

އަލްއަޚް ޢީސަ: ޛިކުރުކުރުމުން ލިބޭ އަޖުރަކީ ކޮބައިތޯ؟

ޛިކުރުކުރުމުގެ މާތްކަން ވަރަށް ފުރިހަމައަށް، ވަރަށް ރީއްޗަށް ޙަދީޘްފުޅެއްގައި ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވޭ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި.

ألا أنبئكم بخير أعمالكم وأزكاها ‌عند ‌مليككم وأرفعها في درجاتكم،

ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއި، އަދި މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ޠާހިރުކަން ބޮޑު ޢަމަލަކީ ކޮބައިކަމާއި އަދި ދަރަޖައިގެ ގޮތުން ބަލާނަމަ، އެންމެ މަތީ ދަރަޖައިގެ ޢަމަލަކީ ކޮބައިކަން ބުނެދެންހެއްޔެވެ؟އަދި އޭގެއިތުރަށް ޙަދީޘްކުރެއްވި.

وخير لكم من إنفاق الذهب والورق

އެކަމަކީ ރަނާއި ރިހި މާތްﷲގެ މަގުގައި ހޭދަކުރުމަށްވުރެވެސް ހެޔޮވެގެންވާ ކަމެކެވެ.

وخير لكم من أن تلقوا عدوكم فتضربوا أعناقهم ويضربوا أعناقكم؟

އަދި ތިޔަބައިމީހުންގެ ޢަދުއްވުންނާއި ތިޔަބައިމިހުން ބައްދަލުކޮށް އެބައިމިހުންގެ ކަރުތައް ކަނޑާ އަދި އެބައިމިހުން ތިޔަބައިމިހުންގެ ކަރުތައް ކެނޑުމަށްވުރެވެސް ތިޔަބައިމިހުންނަށް ހެޔޮވެގެންވާ ކަމެކެވެ.

قالوا: بلى،

ޞަޙާބީން ދެންނެވިއެވެ. އާދޭހެވެ! ވިދާޅުވެދެއްވާށެވެ!

قال: ذكر الله تعالى

ނަބިއްޔާ ﷺ ޙަދީޘްކުރެއްވި. އެކަމަކީ މާތްﷲ ހަނދުމަކުރުމެވެ.

އެހެންކަމުން އެއް ޙަދީޘެއްގައި ފަސް ކަމެއްގެ ވާހަކަ ބަޔާން ވެފައިމިވަނީ. އެއީ

  1. އެންމެ ހެޔޮޢަމަލަކީ ޒިކުރުކުރުން ކަމުގައި
  2. މާތްﷲ ގެ ޙަޟްރަތުގައި އެންމެ ޠާހިރުކަން ބޮޑުޢަމަލަކީ ޒިކުރުކުރުންކަމުގައި
  3. ދަރަޖައިގެ ގޮތުން ބަލާނަމަ، އެންމެ މަތީ ދަރަޖައިގެ ޢަމަލަކީ ޒިކުރުކުރުންކަމުގައި
  4. ޒިކުރުކުރުމަކީ ރަނާއި ރިހި މާތްﷲގެ މަގުގައި ހޭދަކުރުމަށްވުރެވެސް ހެޔޮވެގެންވާ ކަމެކެވެ.
  5. ޒިކުރުކުރުމަކީ މާތްﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ހެޔޮކަން ބޮޑު ޢަމަލެކެވެ.

ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ޛިކުރުކުރުން. އެއީ މުއުމިނު އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރު

ﷲ ހަނދުމަކުރުމުން މާޔޫސްކަން ފިލައިގޮސް، އުއްމީދު އާވެ، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދެއެވެ.

އަލްއަޚް ޢީސަ: ވަރަށް ގިނަ ޒިކުރުތަކެއް އެބަހުރޭ. އެންމެ މާތް ޒިކުރަކީ ކޮބައިތޯ

((أَحَبُّ الْكَلَامِ إِلَى اللهِ أَرْبَعٌ: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ)) [رواه مسلم]

މާނައީ: “ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވަނީ ހަތަރު ކަލިމައެކެވެ. އެއީ سُبْحَانَ اللهِ، الْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ އަދި وَاللهُ أَكْبَرُ އެވެ.”

 

((لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، فَإِنَّهَا كَنْزٌ مِنْ كُنُوزِ الجَنَّةِ)) [رواه البخاري ومسلم]

މާނައީ: ” لاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ އަކީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ.”

 

((مَنْ قَالَ: سُبْحَانَ اللَّهِ العَظِيمِ وَبِحَمْدِهِ، غُرِسَتْ لَهُ نَخْلَةٌ فِي الجَنَّةِ)) [رواه الترمذي وصححه الألباني]

މާނައީ: “سُبْحَانَ اللَّهِ العَظِيمِ وَبِحَمْدِهِ މިފަދައިން ކިޔައިފި މީހަކު ދަންނައެވެ. އޭނައަށްޓަކައި ސުވަރުގޭގައި ކަދުރު ރުކެއް އިންދޭނެއެވެ.”

 

((كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي المِيزَانِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظِيمِ)) [رواه البخاري ومسلم]

މާނައީ: “ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ، ދުލަށް ފަސޭހަވެގެންވާ، މީޒާނުގައި ބަރުވެގެންވާ ދެކަލިމައެއް ވެއެވެ. އެއީ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ العَظِيمِ އެވެ.”

 

((وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ لِلَّهِ تَمْلَآَنِ – أَوْ تَمْلَأُ – مَا بَيْنَ السَّمَاوَاتِ وَالْأَرْضِ)) [رواه مسلم]

މާނައީ: “އަދި الحَمْدُ لِلّٰهِ މީޒާން ފުރާލައެވެ. އަދި سُبْحَانَ اللهِ وَالحَمْدُ لِلّٰهِ، މި ދެ ކަލިމަ އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލައެވެ.”

*************************

އަޅުގަނޑުމެންގެ ވަޤުތުގައި ބަރަކާތްލެއްވުމަށް އެދި ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ ﷲ ގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ.

ޒިކުރުކުރުމުގެ 10 ފައިދާ
ގިނަގިނައިން ޒިކުރުކުރާށެވެ. ފަހެ އެކަމުގެ ފައިދާތައް މަތިވެރިވެގެންވެއެވެ. ޒިކުރުކުރުމުގެ ބައެއް ފައިދާތަކަކީ:
# ޝައިޠާނާ ދުރުކޮށްދިނުން
#ރަޙްމާންވަންތަ އިލާހުގެ ރުއްސެވުން ލިބުން
#ﷲަ ތަޢާލާގެ މިންވަރުފުޅާއިމެދު ރުހިގެން ހުރުމަށް ތައުފީޤްލިބުން
#ހިތްހަމަޖެހުން ލިބުން
#ހިތާމަތަކާއި،ކަންބޮޑުވުންތަކާއި، މޮޅިވެރިކަން ފިލައިގެން ދިޔުން
#ތިބާގެ މަސައްކަތްތަކުގައި ބަރަކާތްލެއްވިގެންދިޔުން
#ބާރުވެރިކަން ލިބުން
#އަޖުރު ލިބުން

#ފާފަތައް ފުހެވިގެންދިޔުން
#ހިތް މަޑުމޮޅިވެގެން ދިޔުން
ކޮޅަށްހުރެގެންނާއި، އިށީނދެ އިނދެގެންނާއި، އޮށޯވެއޮވެގެން ޒިކުރުކުރާށެވެ. ގޭތެރެގަޔާއި ގެއިން ބޭރުގައި އުޅޭއިރު ގިނަގިނައިން ޒިކުރުކުރާށެވެ. އެއްގަމު އުޅަނދުފަހަރުތަކުގަޔާއި އޮޑިދޯނިފަހަރުގައި ދަތުރުކުރާއިރު ގިނަގިނައިން ޒިކުރުކުރާށެވެ. އޮފީސްތަކާއި،މަދަރުސާތަކާއި، ހަސްފަތާލްތަކުގައި ތިބޭއިރު ގިނަގިނައިން ޒިކުރުކުރާށެވެ.
سورة الجمعة ގައި އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
“އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ. އެއީ ތިޔަބައިމީހުން ދިންނެވުމާއި ކާމިޔާބު ލިބިގަތުމަށްޓަކައެވެ.”

اللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرَاتِ، وَتَرْكَ الْمُنْكَرَاتِ، وَحُبَّ الْمَسَاكِينِ، وَأَنْ تَغْفِرَ لِي، وَتَرْحَمَنِي، وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِي غَيْرَ مَفْتُونٍ، وَأَسْأَلُكَ حُبَّكَ، وَحُبَّ مَنْ يُحِبُّكَ، وَحُبَّ عَمَلٍ يُقَرِّبُنِي إِلَى حبك

މަސްދަރު: ދިސަލަފިއްޔާ

އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ 5

12