ޚަބަރު
ސަލާމަތުގެ މަގު ބޭނުންވާ ނަމަ، ފާފަތަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ. : ހުކުރުޚުތުބާ 

އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށެވެ. ދުންޔަވީ  މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވެއެވެ. ބޮޑަތި ފާފަތަކަށްވެސް އަރައިގަންނަނީއެވެ. ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ރިބާ ކެއުމާއި، ޖުވާ ކުޅުމާއި މަލާމަތް ކުރުމާއި، ޢިއްފަތް ފޭރުންފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއްނެތިއެވެ. މުޖްތަމަޢުހެ ޢާއްމު މިންގަޑާ ޚިލާފުވިޔަސް ބޭނުންގޮތަކަށް ހެދުން އަޅަނީއެވެ. ފާފަ ކުރުމަށް ފަހު އެކަމަށް ފަޚުރުވެރިވެ އެވާހަކަ ދައްކާ އުޅޭމީހުންވެސް މަދެއްނޫނެވެ. އެއީ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.

ސަލާމަތުގެ މަގު ބޭނުންވާ ނަމަ، ފާފަތަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ! މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ.

”އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުންގެ ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ“.

22