ނަޞޭޙަތާއި އިރުޝާދު
ނަމާދު: މުއުމިނުންގެ މިޢުރާޖު

މާތްﷲ އަށް ކުއްތަންވެވޭ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މި ހުރިހާ ގޮތްތަކުގެ ތެރެއިންވެސް އެންމެ ޚާއްސަ ގޮތަކީ ނަމާދެވެ. ނަމާދަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއްގައިވާ އަޅުކަމެކެވެ. ނަމާދާ އެއްވަރު އެހެން އެއްވެސް އަޅުކަމެއް ނުވެއެވެ. އެއީ ދީނުގެ ތަނބެވެ.

ތަނބުތައް ވަރުގަދަނަމަ އިމާރާތް ވަރުގަދަވާނެއެވެ.

ތަނބުތައް ބަލިކަށިނަމަ އިމާރާތް ބަލިކަށިވާނެއެވެ.

ނަމާދު ފަރުޟު ކުރެއްވުމަށްޓަކައި މާތް ﷲ ޚާއްސަ އިންތިޒާމެއް ހަމަޖެއްސެވިއެވެ. ނަމާދު ފަރުޟު ކުރެއްވުނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މިޢުރާޖުގެ ދަތުރުފުޅުގައި ހަތް އުޑުގެ މަތީގައިއެވެ. އެދަތުރުފުޅުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްވެސް ތަރުޖަމާނަކާއިނުލާ ވަޙީ ބާއްވައިލެއްވުނެވެ.

ފަރުޟު ފަސްނަމާދަށް ރައްކާތެރިވެގެން މެނުވީ އެއްވެސް މީހަކަށް ހިދާޔަތުގެ މަގުގައި ފައިތިލަ ސާބިތު ނުކުރެވޭނެއެވެ. އަޅާއާއި އޭނާގެ ރައްބާއިދެމެދު އޮންނަ ރޫޙާނީ ގުޅުން ބަދަހި ކުރަން ބޭނުންނަމަ، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ރަށުގައި ޤާއިމުވެހުންނަ މީހާއާއި ދަތުރުވެރިޔާއާއި އަމަންއަމާންކަމުގައި ދިރިއުޅޭމީހާއާއި ބިރުވެރިކަމުގައި ދިރިއުޅޭމީހާއާއި ހަނގުރާމަވެރިޔާވެސް ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވައިފައިވެއެވެ.

މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ، فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا فَإِذَا أَمِنْتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُمْ مَا لَمْ تَكُونُوا تَعْلَمُونَ  (އަލްބަޤަރާ: 238، 239)،

މާނައީ: ”ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދު ނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު ނަމާދުގައި ޤާއިމުވެ ތިބޭށެވެ! (238) ފަހެ، ތިޔަބައިމީހުންނަށް ބިރުވެރި ކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާ ތިބެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ، ތިޔަބައިމީހުން، ﷲ ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނު ގޮތަށް ނަމާދުކުރާށެވެ!) ތިޔަބައިމީހުންނަށް އެނގިގެން ނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވި ފަދައިންނެވެ.“

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އެންމެ ޚާއްސަ އެއް ސިފައަކީ ނަމާދަށް އެބޭކަލުން ދެއްވި އަހައްމިއްްޔަތެވެ.

تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ

اللَّه ގެ  ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ.

ނަމާދަކީ އަޅާއާއި އޭނަގެ ރައްބާއި ގުޅުވައިދޭ ވަސީލަތެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.

“ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ.”

ނިކަން ދެކެބަލާށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި ކޯރެއް އޮތްނަމަ، އެ ކޯރުން އެމީހަކު ކޮންމެ ދުވަހަކު ފަސް ފަހަރު ފެންވަރާނަމަ އޭނާގެ ގައިގައި އެއްވެސް މިލައެއް ހުންނާނެ ކަމަށް ތިޔަބައިމީހުން ބުނާނެ ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އޭނާގެ ގައިގައި އެއްވެސް މިލައެއް ނުހުންނާނެއެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. އެއީ ފަސް ނަމާދުގެ މިސާލެވެ. ﷲތަޢާލާ އެނަމާދުތަކުގެ ސަބަބުން ފާފަތައް ފުއްސަވައެވެ.“

قَدْ أَفْلَحَ الْمُؤْمِنُونَ ‎﴿١﴾‏ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ‎﴿٢﴾‏

މުއުމިނުން ކާމިޔާބި ވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.

ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއަކީވެސް ކުށްފާފަތަކުގެ ކައްފާރާއެކެވެ.

«أَرَأَيْتُمْ لَوْ أَنَّ نَهْرًا بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ؟» قَالُوا: لَا يَبْقَى مِنْ دَرَنِهِ شَيْءٌ، قَالَ: «فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ، يَمْحُو اللهُ بِهِنَّ الْخَطَايَا»

”މީހަކު ވުޟޫކޮށް އެ ވުޟޫ ފުރިހަމަކޮށްފިނަމަ، އޭނާގެ ކުށް ފާފަތައް އޭނާގެ ހަށިގަނޑުން ބޭރުވެ އޭނާގެ ނިޔަފަތިތަކުގެ ދަށުން ނުކުންނާނެތެވެ.“ رواه مسلم

ކާމިޔާބުލިބުން ވަނީ ނަމާދު ޤާއިމުކުރުމުގައެވެ. ކޮންމެ ޙާލެއްގައިވިޔަސް ނަމާދު ދޫކޮށްނުލާށެވެ.ނަމާދަކީ, ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެކެވެ. ކަންބޮޑުވުމާއި ހާސްވުންފަދަކަންކަމުން ދުރުކޮށްދޭ އަޅުކަމެކެވެ.

 

ދަރިއަކަށް ދޭން މިއަށްވުރެ ރަނގަޅު މޮޅު ނަސޭހަތެއް ނެތް. އެންމެ 4 ލަފުޒުން ތަރުބިއްޔަތު ވަށައިޖެހޭ އަގުހުރި ނަސޭހަތެއް. ❤️❤️

8