ޚަބަރު
ޢާއިލާތައް ރޫޅެނީ ދެމެފިރިން، އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމުގެ ސަބަބުން: ހުކުރުޚުތުބާ

މިއަދުގެ ޚުތުބާ އަލިއަޅުވާލައިވަނީ އިޚްތިރާމް ކުރުމަށެވެ. އެކަކު އެނެކަށް އިޚްތިރާމް ކުރުމާއި އަދި ޚާއްސަކޮށް އާއިލާގައި ދެމެފިރިން އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މުހިއްމުކަން ހާމަކޮށް ޚުތުބާގައި ވިދާޅުވެފައިވަނީ

”އިޚްތިރާމު ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި، އަނބިންނާއި ފިރިން ވެއެވެ. ޒަވާތީ ޙަޔާތް ކާމިޔާބުވުމުގެ އަސާސަކީ އިޙްތިރާމް ކުރުމެވެ. އެކަކު އަނެކެއްގެ ސިއްރުތައް ހިފެހެއްޓުމެވެ. އެކަކު އަނެކަކަށްޓަކައި ޤުރުބާންވެ ހެޔޮއެދުމެވެ. ޢާއިލާތައް ރޫޅެނީ ދެމެފިރިން، އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުމުގެ ސަބަބުންނެވެ. މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ.“

އިޙްތިރާމްކުރުމުގެ މައުލޫއަށް ޚާއްސަކުރެވިފައިވާ ޚުތުބާގައި އަލިއަޅުވާލެއްވި ދެވަނަ މައުލޫއަކީ ވަގުތަށް އިޙްތިރާމްކުރުމުގެ މުހިއްމުކަމަށެވެ.

އިޚްތިރާމް ކުރަންޖެހޭ ކަންރަތައްތަކުގެ ތެރޭގައި ތިބާއާއި އެހެން މީހުންގެ ވަގުތު ހިމެނެއެވެ. ވަގުތަކީ ޙަޔާތެކެވެ. ވަގުތަކީ ތިބާގެ ރައުސުލްމާލެވެ. ބުއްދިވެރިއަކޫ ވަގުތުގެ އަގު ދަންނަ މީހާއެވެ. އޭނާގެ ވަގުތުން ފަޅި ސިކުންތެއްވެސް ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ކަމަކަށް މެނުވީ ހޭދަ ނުކުރާނެއެވެ. ކިރީތިރަސޫލާ  ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ”ޤިޔާމަތް ދުވަހުން އިންސާނާއާ ސުވާލު ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި، އޭނާގެ ޒުވާންކަން ހޭދަ ކުރި ގޮތް“ ހިމެނެއެވެ. މިއިން އެނގެނީ ދުނިޔޭގައި ވަގުތަށް އިޙްތިރާމް ނުކުރާ މީހާއާ ޤިޔާމަތް ދުވަހުން ދަތި އުދަގޫތަކާ ކުރިމަތިވާނެ ކަމެވެ.

 

 

 

 

 

26