ނަޞޭޙަތާއި އިރުޝާދު
ސުވަރުގެއިން ގެކޮޅެއް ލިބޭނެ 7 ކަމެއް

މި ދުނިޔޭގައި ގެއެއް ނުވަތަ ފްލެޓެއް ބޭނުންވެގެން އުޅޭމީހުން ވަރަށް ގިނައެވެ. އެފަދަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެ ގޮތެއް ބުނެނުދެވުނަސް ސުވަރުގޭގައި ގެކޮޅެއް ބިނާކޮށްދެއްވާނެ ކަންތައްތަކެއް ކިޔައިދީފާނަމެވެ.

1. ސުންނަތުގެ ބާރަ ރަކުޢަތް ކުރުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

{مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ} (أخرجه مسلم)

މާނައީ: “ރެއަކާއި ދުވާލު ސުންނަތް ބާރަ ރަކުޢަތްކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން ސުވަރުގޭގައި އޭނާއަށް ގެއެއް ބިނާކުރެވެއެވެ.”

އެ ބާރަ ރަކުޢަތަކީ މެންދުރު ނަމާދުގެ ކުރިންކުރާ 4 ރަކުޢަތާއި މެންދުރު ނަމާދުގެ ފަހުން 2 ރަކުޢަތާއި މަޣްރިބު ނަމާދުގެ ފަހުން 2 ރަކުޢަތާއި ޢިޝާ ނަމާދުގެ ފަހުން 2 ރަކުޢަތާ އަދި ފަތިސް ނަމާދުގެ ކުރިން  2 ރަކުޢަތެވެ.

2. ދަރިއަކު މަރުވުމުން އެކަމަށް ރުހި, ކެތްްތެރިވެ, الله އަށް ޙަމްދުކުރުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. (މުއުމިނު އަޅެއްގެ ދަރިއަކު މަރުވުމުން، ﷲ ތަޢާލާ (މޮޅަށް ދެނެވޮޑިގަންނަވާ ޙާލުގައި) މަލާއިކަތުންނަށް ވަޙީކުރައްވާނެއެވެ. “ތިޔަބައިމީހުން، ތިމަންއިލާހުގެ އަޅާގެ ދަރިފުޅުގެ ފުރާނަ ހިއްޕެވީހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ. “އާދޭހެވެ.” ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ. “ތިޔަބައިމީހުން، ތިމަންއިލާހުގެ އަޅާގެ ހިތުގެ މޭވާ ހިއްޕެވީ ހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ. “އާދޭހެވެ.” ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ. “ތިމަން އިލާހުގެ އަޅާ ބުނީ ކީކޭހެއްޔެވެ؟” މަލާއިކަތުން ދަންނަވައެވެ. “الحمد لله އޭކިޔައި އިބަ އިލާހަށް ޙަމްދު ކުރިއެވެ. އަދި إنا لله وإنا إليه راجعون އޭ ކިޔައި ކެތްތެރިވިއެވެ.” ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ. “ތިމަންއިލާހުގެ އަޅާއަށްޓަކައި ސުވަރުގޭގައި ގެއެއް ބިނާކޮށް، އެގެއަށް ބައިތުލްޙަމްދުގެ ނަންދޭށެވެ.”

(ޙަދީޘް ރިވާކުރެއްވީ އަޙްމަދު އަދި އައްތިރްމިޛީ އަދި އަލްއަލްބާނީ ޙަސަން ދަރަޖައިގެ ޙަދީޘްއެއް ކަމަށް ވިދާޅުވޭ)

3. الله އަށްޓަކައި މިސްކިތެއް ބިނާކުރުން

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. ‏ (مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ ) رواه مسلم

 މާނައީ: “ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ އޭނާއަށް ސުވަރުގޭގައި ހަމައެފަދަ ތަނެއް ބިނާކޮށްދެއްވާނެއެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ. “ﷲއަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ އޭނާއަށް ސުވަރުގޭގައި ގެކޮޅެއް ބިނާކޮށްދެއްވާނެއެވެ.”

4. އަރާރުންވުން ދޫކޮށްލުން

5. ދޮގުހެދުން ދޫކޮށްލުން

6. ރިވެތި އަޚްލާޤުން ޒީނަތްތެރިވުން

އިސްވެ ދިޔަ ތިން ކަންތަކަށް ތިރީގައިވާ ޙަދީޘުން ދަލީލު ލިބެއެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«(أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا، وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ)  رواه أبو داود وحسنه الألباني

މާނައީ: “ޙައްޤުގެ މަތީގައި ހުއްޓަސް އަރައިރުންވުން ދޫކޮށްލާ މީހަކަށް، ސުވަރުގޭގެ އައްސޭރިން ގަނޑުވަރެއް ލިބޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ. އަދި މަޖަލަކަށްވިޔަސް ދޮގު ހެދުން ދޫކޮށްލައިފި މީހަކަށް، ސުވަރުގޭގެ މެދުން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ. އަދި އެމީހެއްގެ ޚުލުޤު ހެޔޮކޮށްފި މީހަކަށް، ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެކަމަށްވެސްމެއެވެ.”

8. ސުވަރުގެއިން ގެކޮޅެއް ދެއްވުން އެދި ދުޢާކުރުން

ސުވަރުގެއިން ގެކޮޅެއް ބޭނުންވާނަމަ އެކަމަށް އެދި ދުޢާކުރުމަކީ ކުރެވިދާނެ ކަމެކެވެ. އެގޮތުން  ކުރެވިދާނެ ދުޢާއެއް ޤުރްއާނުގައި އައިސްފައިވެއެވެ. އެއީ ފިރްޢައުނުގެ އަނބިކަބަލުން ކުރެއްވި ދުޢާއެވެ. އެކަމަނާ ވިދާޅުވިކަމަށް މާތް الله ވަޙީކުރެއްވިއެވެ.

{ رَبِّ ٱبۡنِ لِی عِندَكَ بَیۡتًا فِی ٱلۡجَنَّةِ }  سُورَةُ التَّحۡرِيمِ: ١١

މާނައީ: “އަޅުގެ ވެރިއިލާހެވެ! ތިމަންއަޅާޔަށް އިބަ އިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!”

——-

އޭ އަޅަމެންގެ ވެރިއިލާހެވެ! އަޅަމެންނަށް އިބަ އިލާހުގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!

 

256
  1. Fathimath sema.

    Thifadha iburuitheridhuaa thakaky mimujuthamau uh miyadhuvehs adhi maadhamayuhvehs varuh muhinmu duaathakeh.

  2. ޚަދީޖާ

    ވަރަށް އުފާވޭ ތިކަހަލަ ޙަދީޘްތައް ގެނެސްދޭތީ