ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
إذا قَرَأَ ابنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطانُ يَبْكِي، يقولُ: يا ويْلَهُ، أُمِرَ ابنُ آدَمَ بالسُّجُودِ فَسَجَدَ فَلَهُ الجَنَّةُ، وأُمِرْتُ بالسُّجُودِ فأبَيْتُ فَلِيَ النَّارُ.
“އާދަމުގެދަރިޔާ ސަޖިދައިގެ އާޔަތެއް ކިޔަވައިފައި ފަހެ ސަޖިދަކުރުމުން ޝައިޠާނާ އެކަހެރިވެހުރެ ރޮމުން ބުނާނެތެވެ. އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ސަޖިދަކުރުމަށް އޭނާއަށް އަމުރުކުރެވުނު ހިނދު ފަހެ ސަޖިދަޖެހުމުން އޭނާއަށް އޮތީ ސުވަރުގެއެވެ. ސަޖިދަކުރުމަށް އަހުރެންނަށް އަމުރުކުރެވުނު ހިނދު ފަހެ އަހުރެން އެކަމަށް ނުކިޔަމަންތެރިވުމުން އަހުރެންނަށް އޮތީ ނަރަކައެވެ.” رواه مسلم
إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ﴿٦﴾
ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ.
ޝައިޠާނާވަނީ އިންސާނުންކުރެ ހުރިހާ އެންމެން މަގުފުރައްދާނެ ކަމުގައި މާތް ﷲ ގަންދީ ހުވާކޮށްފައެވެ. އެއާއެކު، ކޮންމެ އިންސާނެއްގެ ކައިރިޔަށްވެސް ގޮސް މަގުފުރެއްދުމުގެ މަސައްކަތް ރެޔާ ދުވާލު ކެނޑިނޭޅި އޭނާ އަންނަނީ ކުރަމުންނެވެ. ހެޔޮ ޢަމަލެއް ކުރަން ނިޔަތް ގަންނަ ހިނދު އޭނާގެ ދުއްތުރާ ވަކިން ބޮޑަށް އިންސާނުންނަށް ކުރިމަތިވެއެވެ.