ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ފާފަތައް ފުހެވި، މާތް ﷲގެ ރަޙްމަތް ލިބެވިދާނެ ބައެއް ހެޔޮ ޢަމަލުތައް

ހަމައެކަނި ގޯސްކޮށް ހިނގާ ދިޔަ ހުރިހާ ކަންތަކާމެދު ވިސްނަންޏާ ދިރިއުޅުމުގައި ހުރި ރަނގަޅު ކަންތައްވެސް ނުފެންނާނެއެވެ. މާޒީގެ ހިޔަނި މިއަދަށް އެޅުނަނުދޭށެވެ.

ކޮންމެ ހެޔޮކަމަކީ ފާފަ ފުހެވޭ ކަމެކެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ- هود 114- “ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ.” ފާފަ ކުރެވުނުކަމުގައި ވިޔަސް ހެޔޮކަންކަން ނުކޮށް ނުހުންނާށެވެ.

“މީހަކު ވުޟޫކޮށް އެ ވުޟޫ ފުރިހަމަކޮށްފިނަމަ، އޭނާގެ ކުށް ފާފަތައް އޭނާގެ ހަށިގަނޑުން ބޭރުވެ އޭނާގެ ނިޔަފަތިތަކުގެ ދަށުން ނުކުންނާނެތެވެ.” رواه مسلم

ފާފައަކީ ފާފަވެރިޔާގެ ކަރުގައި ބަނދެވިފައިވާ ހިލިހިލާއެކެވެ.

އޭނާ މިނިވަންކުރާނެ ހަމައެކަނި ކަމަކީ އިސްތިޣްފާރުކުރުމާއި ތައުބާވުމެވެ.

رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘު ކުރެއްވިއެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

ދުވާލަކު ސަތޭކަ ފަހަރު މިތަހުލީލު ކިޔައިފިމީހާ ދިހަ އަޅުން މިނިވަންކުރުމާ އެއްވަރެވެ. އަދި އޭނާގެ ނަމުގައި ސަތޭކަ ދަރުމަ ލިއުއްވެވޭނެއެވެ. ހަމައެހެންމެ ސަތޭކަ ފާފަ ފުއްސެވޭނެއެވެ. އަދި ރޭގަނޑާ ހަމައަށް އެކަލިމަ ވެގެންދާނީ ޝައިޠާނާގެ ނުބައިކަމުން އޭނާ ރައްކައުކުރަނިވި ފާރަވެރިއަކަށެވެ. އަދި މިޢަދަދަށް ވުރެން އިތުރަށް މިކަލިމަ ކިއުނު މީހާ ފިޔަވައި، މިޢަމަލަށްވުރެން ހެއު ޢަމަލެއް އެހެން މީހަކަށް ނުކުރެވޭނެއެވެ. (رواه مسلم)

ހުކުރު ދުވަހުގައި، ޛިކުރުތަކުގެ ތާޖަކީ ނަބިއްޔާ ﷺ ގެ މައްޗަށް ޞަލާވާތް ކިޔެވުމެވެ.

އެ ޛިކުރު އެންމެ ގިނައިން ކިޔާ މީހާގެ ޛިކުރު އުޑުގައި އެންމެ ގިނައިން ކުރެވެއެވެ.

އަދި ބިމުގައި އެންމެ ހިތްހަމަ ޖެހުން ލިބޭ މީހާއަށް އެމީހާ ވާނެއެވެ.

الشيخ عبد العزيز الطريفي

ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުމަކީ އަޅާއަށް ހިދާޔަތް ލިބުމުގެ ސަބަބެކެވެ. އަދި އެއީ އަޅާގެ ހިތަށް ދިރުން ގެނުވާ ކަމެކެވެ.

الشيخ عبدالعزيز بن باز (رحمه الله)

އިމާމް އައްސަޚާވީ (رحمه الله) ވިދާޅުވިއެވެ. “ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރުމަކީ އެންމެ ބަރަކާތްތެރި، އެންމެ މޮޅުއިތުރުވެގެންވާ އަދި ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން އެންމެ ފައިދާ ކުރަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ.”
.
القول البديع

 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“އަޅާ الْحَمْدُ للهِ كَثِيْرًا (ގިނައިން ﷲ އަށް ޙަމްދު ހުއްޓެވެ) މިފަދައިން ކިޔައިފިއްޔާ ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙީކުރައްވާނެތެވެ. “ތިމަންއިލާހުގެ އަޅާއަށް ގިނައިން ރަޙްމަތް ލިޔާށެވެ.””
حسن لغيره- صحيح الترغيب 1578

ބާއްޖަވެރިކަމުގެ 3 ތަޅުދަނޑިި:
1- ނިޢުމަތްތަކަށް ޝުކުރުވެރިވުން
2- މުޞީބާތްތަކަށް ކެތްތެރިވުން
3- ފާފަތަކުން ތައުބާވުން

އިތުރު އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ.” “ سُبْحَانَ اللهِ الْعَظِيْمِ وَبِحَمْدِهِ” މަތިވެރިވެގެންވާ މާތްﷲ، އެކަލާނގެއަށް ޙަމްދުލިބިވޮޑިގެންވުމާއެކު ހުސްޠާހިރުވަންތައެވެ.” މިފަދައިން ކިޔައިފިމީހާއަށްޓަކައި ސުވަރުގޭގައި ކަދުރުރުކެއް އިންދޭނެއެވެ.”

66
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top