ނަބިއްޔާ صلي الله عليه وسلم ގެ އަނބިކަނބަލުން އާއިޝާ( رضي الله عنها )
އެކަލޭގެފާނާއި ސުވާލު ކުރެއްވީމަ ހަދީޘް ކުރައްވަނީ
މި ފަދައިން ކިޔާށެވެ.
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
ޔާ ﷲ އިބަ އިލާހީ ފާފަ ފުއްސަވާ ފާފަ ފުއްސެވުމަށް ލޯބިކުރަށްވާ އިލާހެއެވެ. فَاعْفُ عَنِّي މިއަޅާގެ ފާފަތަށް ފުއްސަވާނދޭވެ.
މި ދުޢާ އާއިމެދު ވިސްނާލައިފިއްޔާ އަހަރެމެންނަށް އެބަ އެނގިގެން މިދަނީ އެންމެ މާތް މަތިވެރި ރޭގައި ކުރުމަށް ނަބިއްޔާصلي الله عليه وسلم އެންގެވި ދުޢާ އެއް މީ.
އާދައިގެ ދުޢާއެއް އާދައިގެ ކަމަކަށް ދެންނެވުމެއް މަތިވެރި ރެއަކަށް އެކަލޭގެފާނު ހަދީޘް އެއްނުކުރައްވަވާނެ. މާނައަކީ ދުނިޔެމަތީގައި އިންސާނާ ﷲ ގެ ހަޟްރަތުން އެންމެ ބޮޑަށް އެދެންޖެހޭ އެއްޗަކީ އޭނާގެ ފާފަތައް ފުއްސަވާ ދެއްވުން. މުޅި ޙަޔާތް އޭނާހޭދަކުރަން ޖެހެނީ އެކަމުގެ މަތީގައި. އެއީ އޭނާއަށް މި ދުނިޔެ މަތީގައި ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ. އޭނާއަށް މިދުނިޔެ މަތިން ލިބޭ ޢަޒާބު ލިބޭ ސަބަބަކީ އަދި އާޚިރަތުގެ ޢަޒާބު އޭނާއަށް ލިބޭ ސަބަބަކީވެސް އޭނާގެ ފާފަތައް . އޭނާގެ ހަލާކަކީވެސް އޭނާގެ ފާފަތައް. އެހެންވެ އެއަށްވުރެ ބޮޑު އެއްޗަކަށް އޭނާއަކަށް ނޭދެވޭނެ މި ދުނިޔެ މައްޗަކު. އަނެއްކަމަކީ މިކަމާއި ގުޅިގެން މި ޙަދީޡް ގައި މިހެން އޮތީމައި އަހަރެމެން ވިސްނާލަން އެބަޖެހޭ އިންސާނުންގެ މެދުގައިވެސް މި ޢަފޫކުރުމާ ނުލާ އެމީހުންގެ ޙަޔާތް މުސްތަޤިއްރެއް ނުވާނެ. ހަމައެއް ނުޖެހޭނެ ޙަޔާތެއް. މިސާލަކަށް ދެމަފިރިއެއްގެ ޙަޔާތެއް ޞުލްހަވެރިކޮށް ހަމަޖެހިގެން ނުދާނެ މަޢާފުކުރުމާ ނުލައެއް.
މައިންބަފައިންނާ ދަރިންނާ ދެމެދު އޮންނަގުޅުމެއް ކުރިއަކަށް ނުދާނެ މަޢާފުކުރުން ނެތްނަމަ. މުޖުތަމަޢުގެ އެއްބަޔަކު އަނެއްބަޔަކާއި ދެމެދު އޮންނަ ގުޅުމެއްވެސް ކުރިއަކަށްނުދާނެ މަޢާފުކުރުމާނުލާ
ވެރިންނާއި ރައްޔިތުންނާއި އޮންނަ ގުޅުމެއްވެސް ކުރިއަކަށް ނުދާނެ މަޢާފު ކުރުމާ ނުލާ.
އެއީ ކޮންމެމީހަކު ކޮންމެ މީހެއްގެ ޙައްްޤު ހޯދަން ފަށައިފިއްޔާ ހުރިހާ ޙައްޤެއް ހޯދަން ފަށައިފިއްޔާ މަޢާފުކުރުން މުޖުތަމަޢުގަ ނެތީވިއްޔާ، މުޅި މުޖްތަމަޢުގަ އޮންނާނީ ދެކޮޅުވެރިކަމާއި ޢަދާވާތް ތެރިކަން އުފެދިފައި. އެއްބަޔަކު އަނެއްބަޔަކާއި އަނގައިން ނުބުނެ ގުޅުން ކަނޑާލާފައި. އެހެންވެ މަޢާފް ކުރުމަކީ މުޖްތަމަޢުއަށް ވަރަށް މުހިންމުކަމެއް. ފަރުދީ ލެވެލްގައިވެސް، ޢާއިލީ ލެވެލްގަ ވެސް މުޖްތަމަޢުގެ ލެވެލްގަވެސް. އެއްވެސް މުޖްތަމަޢެއް އެއްވެސް ޢާއިލާއެއްއެއްވެސް ފަރުދަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ ، އެއްވެސް ފަރާތަކަށް ގުޅުމެއްވެސް ނުބެހެއްޓޭނެ މި މަޢާފު ކުރުމާ ނުލައެއް. މި ކަމުގެ މުހިންމުކަން މި ހަދީޡްގައި މި ބަޔާން ކޮށްދެއްވީ.
ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. ”ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވިއެވެ.ކަމަނާ މިފަދައިން ވިދާޅުވާށެވެ.
އޭالله! އިބަ الله އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!“
رواه أحمد
مرجع:شيخ شافع