ރޯދަ
މައްކާގެ މިސްކިތްތަކުގެ ތެރެއިން: ޢާއިޝާ އައްރާޖްހީ މިސްކިތް

ޢާއިޝާ އައްރާޖްހީ މިސްކިތް

ލޮކޭޝަން: ނަސީމް އަވަށް، މައްކާ

މިސްކިތް ހުޅުވުނު ތާރީޚް: 1434ހ. ؛ 2013މ

މިސްކިތުގެ ޖާގަ: 47000 މީހުން

ފަންގިފިލާގެ ޢަދަދު: 6 ފަންގިފިލާ

މިއީ މަސްޖިދުލް ޙަރަމަށް ފަހު މައްކާގެ އެންމެ މަޤްބޫލު މިސްކިތެވެ. މިއީ ޝެއިޚް ސުލައިމާން އަލްރާޖްހީ އެ ބޭފުޅާގެ މަންމާފުޅަށް އިޙްސާންތެރިވުމުގެ ގޮތުން މަންމާފުޅުގެ ނަންފުޅުގައި ބިނާކުރެއްވި މިސްކިތެކެވެ.

މި މިސްކިތުގައި ކޮންމެ އަހަރެއްގެ ރަމަޟާންމަހު ތިންހާހެއްހާ މީހުން އިޢްތިކާފުކުރެއެވެ.

އިޢްތިކާފު ކުރާ މީހުންނަށް ޚާއްސަ ފާޚާނާތައް ހުރެއެވެ. އިޢްތިކާފު ކުރާ މީހުންނަށް ޚާއްސަ ލޮކަރތައް ހުރެއެވެ. އިޢްތިކާފު ކުރާ މީހުންނަށް ރޯދަވީއްލުމާއި ހާރުކެއުން ހުރެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހުސްވުމެއްނެތި ކޮފީއާއި ބިސްކޯދާއި ޗޮކްލެޓްލިބޭނެ އިންތިޒާމު ހަމަޖައްސާފައިހުރެއެވެ.

ޢާއިޝާ އައްރާޖްހީ މިސްކިތުގެ ލައިބްރަރީ

މި ލައިބްރަރީގައި އަންހެނުނުންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ބައެއް ހުރެއެވެ. އަދި ފިރިހެނުންގެ ބައެއް ހުރެއެވެ. މި ލައިބްރަރީ ހުކުރު ހޮނިހިރު ފިޔަވާ ހަފުތާގެ އެހެން ހުރިހާ ދުވަހަކު ހުޅުވައެވެ. އަޞުރުނަމާދު ވަގުތުން ފެށިގެން އިޝާ ވަގުތާއި ހަމައަށް ހުޅުވާފައިހުރެއެވެ. މި ލައިބްރަރީގައި އިނގިރޭސި، ޢަރަބި އިސްލާމީ ފޮތްތައް ހުރެއެވެ. މި ލައިބްރަރީގައި ކުޑަކުދިންނާއިގުޅޭ ވަރަށް ގިނަ ވާހަކަ ފޮތް ހުރެއެވެ. ފޮތްކިޔުމާއި ފިލާވަޅުތައް މުރާޖަޢާކުރުމަށް ވަރަށް މުނާސަބު ވެއްޓެއް މި ލައިބްރަރީގައި ޤާއިމުވެފައިވެއެވެ. ދާރިސުންނަށް އިންޓަނެޓުގެ ޚިދުމަތް މި ލައިބްރަރީން ފޯރުކޮށްދެއެވެ.

މިމިސްކިތުގައި ޤުރުއާން ހިތުދަސްކޮށްދޭ ވަރަށް ގިނަ ހަލަޤާތުތައްވެއެވެ. ކަށުކަމާކެމީގެކަންކަން ކުރުމަށް އެންމެ ޒަމާނީ ހިނަވާގެއެއް ވެއެވެ.

16