ނަޞޭޙަތާއި އިރުޝާދު
ތާރީހުގެ މިސްރާބު މުޅިން ބަދަލުކޮށްލި ބަދުރު ހަނގުރާމަ

 

ބަދުރު ހަނގުރާމައިގެ  ކުރިން މުސްލިމުން ތިބީ ނިކަމެތި ޙާލެއްގައެވެ. ބަދުރު ހަނގުރާމައިގެ ނަޞްރަށް އިސްލާމީ ދައުލަތުގެ ޢިއްޒަތް މަތިވެރިވެގެންދިޔައެވެ. މުސްލިމުންނަށް ބާރުވެރިކަން ލިބިގެންދިޔައެވެ. އެކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވައިފައިވެއެވެ.

وَلَقَدۡ نَصَرَكُمُ ٱللَّهُ بِبَدۡرࣲ وَأَنتُمۡ أَذِلَّةࣱۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡ تَشۡكُرُونَ

“ތިޔަބައިމީހުން ނިކަމެތީން ކަމުގައި ވަނިކޮށް، ބަދުރު ހަނގުރާމައިގައި، ﷲ ތިޔަބައިމީހުންނަށް ނަސްރު ދެއްވި އެވެ،” (އާލްއިމްރާން 123)

މި ހަނގުރާމައަށްފަހު މަދީނާގެ ގިނަގުނަ ބަޔަކު އިސްލާމްވިއެވެ. މީގެތެރޭން މުނާފިޤު ޢަބްދުއްﷲ ބުނު ޢުބައްޔު އާއި އޭނާގެ އެކުވެރީންވެސް ބޭރުފުށަށް އިސްލާމްވިއެވެ.

ބަދުރު ހަނގުރާމަ ހިނގި ދުވަހަށް މާތް ﷲ ދެއްވާފައިވާ ނަމަކީ يوم الفرقان

“ފުރުގާނު” ގެ ދުވަހެވެ. އެއީ ހެވާއި ނުބައި، ހައްގާއި ބާތިލު، އަދި ނިކަމެތިކަމާއި ވަރުގަދަކަން ފަދަ ކަންކަން އެއްކަމާ އަނެއްކަމާ ވަކި ކުރެވުނު ދުވަހެވެ.

ބަދުރު ހަނގުރާމަ ހިނގީ ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ.

ކީރިތި ރަސޫލާ ﷺ  އަރިއަހުގައި މި ލަޝްކަރާއެކު ނުކުތީ ތިންސަތޭކަ ސާދަ މުސްލިމުންނެވެ.

މުސްލިމުންގެ މައި ލަޝްކަރުގެ ހުދުކުލައިގެ ދިދަ ހިއްޕެވީ، މުޞްޢަބު ބިން ޢުމައިރު އެވެ.

ބަދުރު ހަނގުރާމަ ހިނގި ދުވަހާއި ބެހޭގޮތުން އަލްއަންފާލް ސޫރަތުގައި އައިސްފައިވެއެވެ.

وَاعۡلَمُوۡۤا اَنَّمَا غَنِمۡتُمۡ مِّنۡ شَىۡءٍ فَاَنَّ لِلّٰهِ خُمُسَهٗ وَ لِلرَّسُوۡلِ وَلِذِى الۡقُرۡبٰى وَالۡيَتٰمٰى وَالۡمَسٰكِيۡنِ وَابۡنِ السَّبِيۡلِ ۙ اِنۡ كُنۡتُمۡ اٰمَنۡتُمۡ بِاللّٰهِ وَمَاۤ اَنۡزَلۡنَا عَلٰى عَبۡدِنَا يَوۡمَ الۡفُرۡقَانِ يَوۡمَ الۡتَقَى الۡجَمۡعٰنِ​ ؕ وَاللّٰهُ عَلٰى كُلِّ شَىۡءٍ قَدِيۡرٌ‏ ﴿8:41﴾

24