ޚަބަރު
ބަދުރު ހަނގުރާމައިގެ ނަޞްރުން ލިއްބައިދޭ އެއް ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ، ދުޢާ ދެންނެވުންކަން: ހުކުރުޚުތުބާ

 

 

ބަދުރު ހަނގުރާމައިގެ މަތިވެރި ނަޞްރުން ލިއްބައިދޭ އަނެއް ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ، ދުޢާ ދެންނެވުންކަމެވެ. ބަދުރު ހަނގުރާމައަށް ތައްޔާރު ވަމުންދިޔަ ހިނދު، ކީރިތި ރަސޫލާ ދެއަތްޕުޅު އުފުއްލަވައި، ﷲގެ ހަޟްރަތުގައި ނަޞްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުޢާ ކުރައްވަމުން ގެންދެވިއެވެ.

ބަދުރު ހަނގުރާމައިގެ ނަޞްރުން ލިއްބައިދޭ އެއް ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ، ދުޢާ ދެންނެވުންކަން: ހުކުރުޚުތުބާ

”ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. ޤުރައިސުންގެ ބޮޑުން، ކިބުރުވެރިކަމާއެކު، އެމީހުންގެ އަސްވާރުންނާއިގެން، އައިސް އެތިބީ، އެބަ ﷲ އަށް ޢަދާވާތްތެރިވި، އިބަ ރަސްކަލާނގެ ރަސޫލާ ދޮގުކޮށްފައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަ ރަސްކަލާނގެ އެއުރެންގެ މައްޗަށް ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވާ ނަޞްރު، މިއަޅާއަށް ދެއްވާނދޭވެ! އަދި މިއަޅާއަށް އިބަރަސްކަލާނގެ ދެއްވަން އިރާދަކުރެއްވި ކަންތައް ފުއްދަވައި ދެއްވާނދޭވެ!

2