ވިފާދާ
ވިފާދާ މައްކިއްޔާ 2023

ނަބިއްޔާ صلى الله عليه وسلم ގެ ހިޖުރައިގެ ދަތުރުފުޅުގައި އެކަލޭގެފާނު މައްކާއިން މަދީނާއަށް ވަޑައިގަތުމަށް ގާތްގަނޑަކަށް 8 ދުވަސް ހޭދަކުރެއްވިއެވެ. މިހާރު މައްކާއާއި މަދީނާއާ ދެމެދުގައި ދަތުރުކުރާ އެންމެ ބާރު އުޅަނދުކަމުގައިވާ ރޭލުގައި އެދެމެދުގެ ދަތުރަކަށް ހޭދަވަނީ ގާތްގަނޑަކަށް 2 ގަޑިއިރެވެ

މައްކާގައި ބައިވެރިން ޒިޔާރަތްކުރި ބައެއް ތަންތަން

o ވަޙީގެ މަޢުރަޟް

o ސީރަތުގެ މަޢުރަޟް

o ނަމާދުގެ މަޢުރަޟް

ވަޙީގެ މަޢްރަޟަށް ކުރި ޒިޔާރަތުގެ ތެރެއިން…..

https://m.facebook.com/story.php?story_fbid=10159387953845025&id=631915024&mibextid=Nif5oz

ސީރަތުގެ މަޢްރަޟަށް ކުރި ޒިޔާރަތުގެ ތެރެއިން…..

 

ނަމާދުގެ މަޢްރަޟަށް ކުރި ޒިޔާރަތުގެ ތެރެއިން…..

https://salaatona.com.sa/galleries/%d8%b5%d9%84%d8%a7%d8%a9-%d8%a7%d9%84%d8%a3%d9%86%d8%a8%d9%8a%d8%a7%d8%a1/

ނަމާދުގެ މަޢްރަޟަށް ޒިޔާރަތްކޮށްފިނަމަ، ނަމާދާ މެދު ސަމާލުކަން ނުދެވި ފަރުވާ ކުޑަކުރެވިފައިވާ ފަރާތްތަކަށްވެސް އާ އަޒުމަކާއި ހިއްވަރަކާއި އެކު ނަމާދު ކުރަން ފެށުމުގެ ޝައުގުވެރިކަން ހިތުގައި އުފެދޭނެއެވެ.

ނަމާދަކީ އަޅާއާއި އޭނާގެ ވެރި ރައްބާއި ދެމެދުގައިވާ ގުޅުމުގެ އަސްލެވެ. އެއީ އަޅާ އެއަސްލަކުން ބާރާއި، ޘާބިތުކަމާއި، ރަޙްމަތާއި، ހިތްހަމަޖެހުމާއި ހިތުގެ ފުދުންތެރިކަން ހާޞިލްކުރާ އަސްލެވެ. އަދި އެއީ އަޅާ އޭނާގެ ފާފަތަކުން ޠާހިރު ކޮށްދެނިވި ސަބަބުވެސް މެއެވެ.

މުހާޖިރީން މިސްކިތަށާއި މުހާޖިރީން ހިނަވާގެއަށް ޒިޔާރަތްކުރުން

 

އިންޓަނެޓާއި ދަޢްވާ؛ ޝެއިޚް ޖަމްޢާން

ސިހުރާއި ގުޅުންހުރި ކަންކަމުގައި ދާޢީން ޢަމަލުކުރާނެގޮތް

ވިފާދާ މައްކިއްޔާ 2023: ޝެއިޚް ޝަފީޢު އަދި ޝެއިޚް ޢިމާދާއި އެކީގައި ބޭއްވުނު ބައްދަލުވުން

 

ސިހުރާއި ގުޅުންހުރި ކަންކަމުގައި ދާޢީން ޢަމަލުކުރާނެގޮތް

 

މަދީނާއަކީ އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު އެއް ރަށެވެ. މަދީނާއަށް ދަތުރުގެ ބައިވެރިން ދިޔައީ އޮކްޓޯބަރު 21ވަނަ ދުވަހުގައެވެ.

އެންމެ މާތް އިންސާނާ އެ ބިމެއްގައި ފަސްދާނުލެވިފައިވާ ބިމަށް ދެވޭތީ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.

ދަތުރުކުރަމުންދިޔަ ބަސް މަދީނާގެ ޙުދޫދުގެ ތެރެއަށް ވަތް ވަގުތުކޮޅު ވެގެން ދިޔައީ ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ.

 

އުޙުދުގެ މައިދާނުން…

https://youtu.be/W7TQSR_o6JM?si=xJ8n-vqpgCIADlHS

ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް އޯގާތެރި މީހަކަށް ވާން ދަސްކުރުމަކީ މުހިއްމުކަމެއްކަން ވިފާދާ މައްކިއްޔާ ދަވްރާތަކުން އެނގިގެންދިޔައެވެ. އޯގާތެރިކަމަކީ ކޮންމެ މީހަކަށްވެސް ދަސްކުރެވިދާނެ ސިފައެއްކަންވެސްއެނގިގެންދިޔައެވެ.

ކަންނެތްކަމާ ހަނގުރާމަ ނުކޮށް ހެޔޮކަމެއްގައި ކުރިއަރާ ނުދެވޭނެކަންވެސްއެނގިގެންދިޔައެވެ.ވިފާދާ މައްކިއްޔާ ދަވްރާތަކުގައިމަޢްލޫމާތުދެއްވިޝެއިޚުންދެެއްވިއެއްނަސޭހަތަކީ“ހެޔޮކަންކަން ފަހުން ކުރާން ނުބަހައްޓާށެވެ.“މިނަސޭހަތެވެ.އަދި މިނަސޭހަތެވެ.“ޢަޒުމަކީ ބަލިކަށިވާ އެއްޗެކެވެ. ކަންނެތްކަމުގެ ހިރަފުސްތަކުން ހަށިގަނޑު ކިލާވެސްވެދެއެވެ.“އަދި މިނަސޭހަތެވެ. ”ތަފާތު މިޒާޖުގެ މީހުންނާއެކު އުޅުމުގެ ގާބިލުކަން ލިބުމަކީ އެކުވެރިކަމެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމީ ނިކަމެތިކަމެކެވެ. އިޚްލާސްތެރި އެކުވެރިންނަކީ ކާމިޔާބީގެ ރައުސްމާލެވެ.“

އަދި މިނަސޭހަތެވެ. ”މީސްތަކުން އެކުވެރިކުރުވުމަކީ ހެވާއި ލާބަ ހުރި ކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
މުއުމިނަކީ މީހުންނާ ގުޅޭ މީހުން އެކުވެރި ކުރުވާ މީހެކެވެ. މީހުންނާ ނުގުޅޭ މީހުން އެކުވެރިނުކުރުވާ މީހެއްގެ ކިބައިގައި ހެޔޮކަމެއް ނެތެވެ.“

އަދި މިނަސޭހަތެވެ.“ތިބާއަށް ދިމާވާ ކޮންމެ ދައްޗެއްގައި ވާހަކަ އެކަލާނގެއަށް ދަންނަވާ ހިއްސާ ކުރާށެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް މެނުވީ އެ ކަމަކުން ތިބާއަށް ލުއިފަސޭހަކަން ނުދެއްވޭނެކަމުންނެވެ.“

އަދި މި ނަސޭހަތެވެ.

މާދަމާއަކީ ތިބާ އުއްމީދުކުރަމުން އައިކަންތައް ޙާޞިލްވާ ދުވަހަށްވެސް ވެދާނެ، ވީމާ ތިބާ ދުޢާކުރުން ހުއްޓާނުލާށެވެ.

އަޅަމެންނަށް ސާބިތުކަމާއި އާފިޔަތު ދެއްވާށި. އާމީން

މުހާޖިރީން މިސްކިތަށާއި މުހާޖިރީން ހިނަވާގެއަށް ޒިޔާރަތްކުރުން

9