އިބުރަތްތެރި ވާހަކަ
ވާހަކަ: މާލިކް ބުން ދީނާރާއި ވަގުކަލޭގެ

އެއްދުވަހަކު މާލިކް ބުން ދީނާރުގެ ގެއަށް ވަގަކު ވަނެވެ. މާލިކް ބުން ދީނާރަކީ ތަނަވަސް ބޭކަލަކަށް ނުވުމުން، ގޭގެ ހުރިހާ ތަނެއް ބަލާ ބަލާވެސް ގެންދާނެ އަގުހުރި އެއްޗެއް އޭނާއަކަށް ނުލިބުނެވެ. މިކަމާ އޭނާ ވަރަށް ދެރަވިއެވެ. މާލކް ބުން ދީނާރު އޭރު ހުރީ ދަމުނަމާދު ކުރާށެވެ. މާލިކް ބުން ދީނާރަށް އެހެން މީހަކު އުޅޭކަމުގެ އިހްސާސް ވުމުން ނަމާދު ކުރުކޮށްލިއެވެ. އަދި އެއްވެސް ބިރުވެރިކަމެއް ދެކޮޅުވެރިކަމެއް ނެތި އޭނާއަށް އޯގާތެރިކަމާއެކު ސަލާމްގޮވާލިއެވެ. ތިބާ އަހަރެންގެ ގެއަށް އައިސް އެއްވެސް އެއްޗެއް ނުފެނުނަސް ހުސްއަތަކާ އަހަރެން ކަލޭ ނުފޮނުވާނަމެވެ.

މާލިކް ބުން ދީނާރު އެހެން ކޮޓަރިއަކަށްވަދެ ފެން ޖަގައް ހިފައިގެން އައެވެ. އަދު ބުންޏެވެ.” މި ފެނުން ވުޟޫކޮށް ދެރަކުއަތުގެ ނަމާދެއް ކޮށްލާށެވެ. އޭރުން މިގެއިން ނުކުމުގެން ދާނީ ވަރަށް އަގުހުރި އެއްޗެއް ހިފައިގެންނެވެ.” މާލިކް ބުން ދީނާރުގެ އޯގާތެރިކަމާއި ރިވެތި މުއާމަލާތުގެ ސަބަބުން ވަގުމީހާ ވުޟޫކޮށް ދެރަކުއަތުގެ ނަމާދު ކުރިއެވެ. އަދި ބުންޏެވެ. “އަހަރެން އަދި އިތުރަށް ނަމާދު ކުރިއަސް އެންމެ ރަނގަޅު ހެއްޔެވެ؟  ޖަވާބުގައި މާލިކް ބުން ދީނާރު އާދޭހޭ ވިދާޅުވިއެވެ. “ﷲ ތިބާއަށް މިންވަރު ކުރެއްވި ވަރަކަށް ތިބާ ނަމާދު ކުރާށެވެ.”

އެރޭ ފަތިސްވަންދެން އޭނާ ނަމާދު ކުރިއެވެ. މާލިކް ބުން ދީނާރު ބުންޏެވެ.” ދެން ދާށެވެ. ގޮސް ރަނގަޅަށް އުޅޭށެވެ.”

މިވާހަކައިން ލިބޭ އިބްރަތް: ތިމާއަށް އަދާވާތްތެރިވާ މީހާއާމެދުވެސް އޯގާތެރިކޮށް ހިތައިފިނަމަ ކިތައްމެ ގޯސް މީހަކުވެސް ރަނގަޅުވެދާނެއެވެ.

 

15