ނަޞޭޙަތާއި އިރުޝާދު
ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ކުރެވިދާނެ ބައެއް ދުޢާ

ރަސޫލާ صلى الله عليه وسلم ވެސް ދުޢާކުރެއްވިއެވެ. «اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ» [رواه البخاري]

މާނައީ: “އޭ ﷲ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.”

 

އޭ ﷲ! މިއަޅާއަށް ސުވަރުގެދެއްވާނދޭވެ.ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ.

މާތްﷲ، އަޅަމެންްގެ ހިތްތައް އީމާންކަމާއި، ހެޔޮޢަމަލުން ޒީނަތްތެރިކުރައްވައި، އެމަގަށް އަޅަމެންގެ ހިތްތައް ލަންބަވާށިއެވެ! ކާފިރުކަމާއި މުނާފިޤުކަމުން އަޅަމެންގެ ހިތްތައް ޠާހިރުކުރައްވާށިއެވެ! އާމީން!

60