މި ލިޔުމުގައި މި ހުށައަޅާލަނީ ވަގުތު ސަލާމަތްކުރެވިދާނެ ބައެއް ގޮތްތަކެވެ.
ބައެއް މަސައްކަތް އެހެން މީހުން ލައްވާ ކުރުވުން
”އަޅުގަނޑުމެންނަކީ ކައްޓާއި މަހުން އުފައްދަފައިވާ އިންސާނުންނެވެ.
ކޮންމެ މީހަކަށްވެސް އޮތީ 24 ގަޑިއިރެވެ..އެކަކު ހުރިހާ ކަމެއް ކުރަން ވެއްޖެނަމަ ވަރަށް ގިނަ ވަގުތުތަކެއް، ވަރަށް ގިނަ ޖުހުދުތަކެއް ބޭކާރުވެގެންދާނެއެވެ.
މިސާލަކަށް އިމާމް ބުޚާރީ. އާމްދަނީ ހޯއްދަވަންކުރެއްވި މަސައްކަތަކީ ވިޔަފާރިއެވެ. ވިޔަފާރި ކުރަން އެހެން މީހުންނަށް ރައުސުލްމާލު ދެނީއެވެ. ދެން އެހެން މީހުން ވަިޔަފާރި ކޮށްފައި ލިބޭ ފައިދާ ދެ މީހުން އެއްބަސްވާ ގޮތަކަށް ބަހަނީއެވެ. މިހެން ކަންތައް ކުރެއްވުމުން އެކަލޭގެފާނު ޙަޔާތުގެ މަޝްރޫޢު ކަމުގައިވާ ޞަޙީޙް ބުޚާރީ ލިޔުއްވުމަށް ގިނަ ވަގުތު ހުސްކުރެވުނެވެ. އިމާމް ބުޚާރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 194 ވަނަ އަހަރުއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 256 ވަނަ އަހަރުއެވެ.
“
ހެޔޮގޮތުގައި ވަގުތު ބޭނުންކުރުމަށް ކުރެވިދާނެ ކަންކަން ދަންނައެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ ފަހުން ކަންކަން ކުރުމަށް ނުބެހެއްޓުމާއި ބައެއް ކަންކަމުގައި ނޫނެކޭ ބުނުމުގެ މުހިންމުކަމާއި ކުރަންޖެހޭ ކަންކަން ބަދަލު ކުރިއަސް ކުރާ ކަންކަން ދޫކޮށް ނުލުމާއި، އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުމެވެ.
ކުރަން ޖެހިފައިވާ ކަންކަން ފަސޭހައިން ކޮށްނިންމާލެވޭނެ އެއް އުކުޅަކީ އެއް ވައްތަރު ޓާސްކުތައް އެއްފަހަރާ ކުރުމެވެ. މިސާލަކަށް ލިޔުންތެރިއެއްނަމަ ލިޔަންޖެހޭ ހުރިހާ ލިޔުމެއް އެއްދުވަހެއްގެ އެއްވަގުތެއްގައި ލިޔުމެވެ.
އެކިއެކި މާއްދާ ކިޔަވައިދޭ ޓީޗަރެއް ހުރިހާ މާއްދާގެ އިމްތިޚާން ކަރުދާސް ހެދުމަށް އެއް ދުވަސް ހުސްކުރުމެވެ. ކަކުނި ހަރުކޮންނަ އުސޫލުން އެކި ވަގުތުތަކުގައި އިމްތިޚާން ކަރުދާސްތައް ހެދުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ދުވަހެއްގެ ވަކި ވަގުތެއް ޚާއްސަކޮށް އެ ޚާއްސަކުރި ވަގުތުގައި އިމްތިޚާން ކަރުދާސްތައް ހަދާ ނިންމާލުމެވެ.
އެންމެ މުހިންމު ގުޅުން
ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ “ ވަޅޯތާފަނާ “ މޯޑުގައެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގިނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.
nabavee irushadhuge aleegai vaguthu heyogothugai heydhakurumuge baei ukulhuthah
ޔަޤީނުންވެސް އަހަރެމެން އެންމެންނަށް ރެޔަކާ ދުވާލެއްގެ މައްޗަށް ލިބޭނީ 24 ގަޑިއިރެވެ ކޮންމެ މީހަކުވެސް އުފެއްދުންތެރި ގޮތުގައި ވަގުތު ހޭދަކުރަން ބޭނުންވެއެވެ. އިސްލާމްދީނަކީ ޝާމިލު ފުރިހަމަ ދީނެއްކަމުން އުފެއްދުންތެރިގޮތުގައި ވަގުތު ހޭދަކުރާނެ ގޮތްތައްވެސް މި ދީނުގައި ބަޔާންވެފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) [حديث حسن رواه الترمذي وغيره] ”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.” މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ. “ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. އަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.” އަދި އެހެން ހަދީސެއްގައިވެއެވެ. ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ ، الصِّحَّةُ ، وَالْفَرَاغُ)) [رواه البخاري] މާނައީ: ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކުރެވޭ) ދެ ނިޢުމަތެއްވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.”
ގިނަބަޔަކަށް ހީވެފައި އޮންނަނީ ވަގުތު މެނޭޖްކުރުމުގެ ފުރަތަމަ މަރުޙަލާއަކީ ހެނދުނު ހޭލައިގެން އެދުވަހެއްގައި ކުރަންޖެހޭ ކަންކަން ލިސްޓްކޮށް، އެދުވަހުގެ އެންމެ މުހިއްމު ޓާސްކު ކަނޑައެޅުން ކަމުގައެވެ. އާދޭހެވެ. މިވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު ނަބަވީ އިރުޝާދުތަކުގެ އަލީގައި އުފެއްދުންތެރި ދުވަހަކަށްޓަކައި އެ މަރުޙަލާގެ ކުރިން ކުރެވިދާނެ ކަމެއް އެބައޮތެވެ.
علي بن أبي طالب رضي الله عنه ގެ ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނަށާއި (އެކަލޭގެފާނުގެ އަނބިކަމަނާ) ފާޠިމަތުގެފާނާ ދެކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. ތަންމައްޗަށް ގޮސްފިނަމަ، ނުވަތަ ތަންމަތީގައި އޮށޯންނަމުން، 33 ފަހަރު ތަސްބީޙަ ކިޔާށެވެ. އަދި 33ފަހަރު ޙަމްދުކުރާށެވެ. އަދި 34 ފަހަރު ތަކުބީރުކިޔާށެވެ. މިއީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެކެވެ.
ތަސްބީޙަ ކިޔުމަކީ سبحان الله ކިޔުމެވެ. (މި ޙަދީޘްގައި) ޙަމްދުކުރުމޭ ބުނެވިފައިވަނީ الحمد لله ކިޔުމަށެވެ. އަދި ތަކުބީރު ކިޔުމަކީ الله أكبر މިފަދައިން ކިޔުމެވެ.
ކުރަން ޖެހިފައިވާ ކަންކަން ފަސޭހައިން ކޮށް ނިންމާލަން ބޭނުންނަމަ، ނިދުމުގެ ކުރިން އިސްވެ ދެންނެވި ޙަދީޘްގައިވާ ޛިކުރުތައް ކޮށްލާށެވެ!
ބައެއް މީހުން އެމީހުންގެ 24 ގަޑިއިރު ތެރޭ ގިނަ ކަންކަން ނިންމާލާ ، ބޭނުންވާ ލަނޑުދަނޑިތައް ޙާސިލް ކުރަނީ ކިހިނެއް ހެއްޔެވެ؟ އެއީ އެމީހުންގެ ވަގުތުގައި ﷲ ބަރަކާތް ލައްވަވާ އަދި ވަކި އުޞޫލެއްގެ ދަށުން ތަރުތީބުން، އެމީހުންގެ ކަންކަން އެމީހުން ކުރިއަށް ގެންދާތީއެވެ. ފަހުން ކަންކަން ކުރަން ނުބަހައްޓާތީއެވެ. ކަންކަމުގެ ފައިދާއާއި ގެއްލުން ވަޒަން ކުރުމަށްފަހު ބައެއް ކަންކަމުގައި ނޫނެކޭ ބުނަން ކެރޭތީއެވެ. އެއްކަހަލަ ކަންކަން އެއް ވަގުތެއްގައި ކުރުން ފަދަ ހެޔޮ އާދަތައް ގެންގުޅޭތީއެވެ.
ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ “ ވަޅޯތާފަނާ “ މޯޑުގައެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގިނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.