ނަޞޭޙަތާއި އިރުޝާދު
ﷲﷻ ވަރަށް އުފާވެ ވޮޑިގަންނަވާކަމެއް

ތައުބާ ވުމަކީ ތިމާ ކުރަމުންދާ ފާފަ ދޫކޮށް ﷲ ގެ މަގަށް ރުޖޫއަވުމެވެ. ކުރެވިފައިވާ ފާފައާމެދު ހިތާމަކޮށް އަލުން އެފަދަކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ. ހުއްދަނޫން ގޮތެއްގައި މީހެއްގެ ހައްގެއް ބޭނުންކޮށްފައިވާނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ކިބައިން މާފު ހޯދުމެވެ އިންސާނުންނަކީ ނުހަނު ގިނައިން އެކި ކުށްތަކަށް އަރައިގަނެވޭ ބައެކެވެ. އެހެންކަމުން ގިނަ ގިނައިން ކުށުން ތައުބާ ވުމަކީ ކުރަން ޖެހޭ ކަމެކެވެ. ތައުބާވާ މީހުން ދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ. إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ މާނައަކީ: ”ހަމަ ކަށަވަރުން ﷲ ، އެ ކަލާނގެ ކިބައަށް ތައުބާވެގަންނަ މީހުން ދެކެ ލޯބިވެ ވޮޑިގަންނަވަތެވެ. އަދި ޠާހިރުވެ ސާފު ޠާހިރުކަން މަތީ، އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެ ވޮޑިގަންނަވާމެއެވެ.” (އަލްބަޤަރާ 222)

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢] މާނައީ: ހަމަކަށަވަރުން ފާފަތައްކުރުމަށްފަހު ހެޔޮ ޢަމަލުކުރާމީހުންގެ މިޘާލަކީ އޭނާ ހާސްވާވަރަށް ބާރުވެފައިވާ دِرْع އެއް(ދަހަނާއެއް) އަޅައިގެންހުރިމީހެއްގެ މިޘާލެވެ.( دِرْع އަކީ ދަގަނޑުން ހަދާފައިހުންނަ، ހަނގުރާމަވެރިން އަޅާ ހެދުމެވެ.) ދެން އޭނާ ހެޔޮކަމެއް ކުރުމުން އޭގެ އެއްބޮޅުލުހުނެވެ. ދެން އެހެންކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެބިމަށް (ވެއްޓި) އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.”

لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ، مِن أَحَدِكُمْ كانَ علَى رَاحِلَتِهِ بِأَرْضِ فلاةٍ، فَانْفَلَتَتْ منه وَعَلَيْهَا طَعَامُهُ وَشَرَابُهُ، فأيِسَ منها، فأتَى شَجَرَةً، فَاضْطَجَعَ في ظِلِّهَا، قدْ أَيِسَ مِن رَاحِلَتِهِ، فَبيْنَا هو كَذلكَ إِذَا هو بِهَا، قَائِمَةً عِنْدَهُ، فأخَذَ بِخِطَامِهَا، ثُمَّ قالَ مِن شِدَّةِ الفَرَحِ: اللَّهُمَّ أَنْتَ عَبْدِي وَأَنَا رَبُّكَ، أَخْطَأَ مِن شِدَّةِ الفَرَحِ.

ﷲ ތަޢާލާ އެންމެ އުފާވެ ވޮޑިގަންނަވަނީ އެކަލާނގެ އަޅާ އެކަލާނގެއަށް ތައުބާވާހިނދުގައެވެ. ރަސޫލާ صلى الله عليه وسلم ކުޑަކުޑަ މިސާލެއްޖެއްސެވިއެވެ. ދަތުރަކު ނުކުތް މީހެކެވެ. އޭނާ އާއި އެކު މުދާތަކާއި ދަތުރުގެ ކޮށްތު އަރުވާފައިވާ ސަވާރީވެއެވެ. ދަތުރުގެ ވަކި ހިސާބަކުން އޭނާގެ ސަވާރީ ގެއްލި، އޭނާއަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ. ސަލާމަތުން ކައިރި މަންޒިލަކަށް ދެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން، އޭނާ ގަހެއްގެ ހިޔަލުގައި އިށީނދެއްޖެއެވެ. އިށީނދެ އިންދާ އޭނާއަށް ނިދި ޖެހިއްޖެއެވެ. ނިދާފައި ހޭލެވުނުއިރު އޭނާގެ ކައިރީގައި އޭނާގެ ސަވާރީ އޭނާގެ މުދަލާއި ދަތުރުގެ ކޮށްތާއި އެކުގައި ވާތަން ފެނުނެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާއަށް ބުނެވުނެވެ. اللهم أنت عبدي وأنا ربك އިބަރަސްކަލާނގެ އީ ތިމަންނާގެ އަޅެވެ. އަދި ތިމަންނާއީ އިބަރަސްކަލާނގެ ރައްބެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ޚާލިޤާއި މަޚްލޫޤް އޮޅުނީ އެވެ.

((إِنَّ مَثَلَ الَّذِي يَعْمَلُ السَّيِّئَاتِ، ثُمَّ يَعْمَلُ الْحَسَنَاتِ كَمَثَلِ رَجُلٍ كَانَتْ عَلَيْهِ دِرْعٌ (لباس من حديد يرتديه المقاتل) ضَيِّقَةٌ قَدْ خَنَقَتْهُ، ثُمَّ عَمِلَ حَسَنَةً فَانْفَكَّتْ حَلَقَةٌ، ثُمَّ عَمِلَ أُخْرَى فَانْفَكَّتْ حَلَقَةٌ أُخْرَى، حَتَّى يَخْرُجَ إِلَى الأَرْضِ)) [رواه الطبراني في الكبير، صحيح الجامع ٢١٩٢]

”ހަމަކަށަވަރުން ފާފަތައް ކުރުމަށްފަހު ހެޔޮ ޢަމަލުތައް ކުރާމީހުންގެ މިސާލަކީ ގަޔަށް ބާރު ދަހަނާއެއް އަޅައިގެން ހުރި މީހެއްގެ މިސާލެވެ. ދެން އޭނާ ހެޔޮ ޢަމަލެއް ކުރުމުން އެ ދަހަނާގެ އެއް ބޮޅު ލުހުނެވެ. ދެން އެހެން ކަމެއް ކުރުމުން އެހެން ބޮޅެއްވެސް ލުހުނެވެ. އެ ދަހަނާ ބިމަށް ވެއްޓި އޭގެ ވެރިމީހާއަށް ނުކުމެވެންދެނެވެ.“ ނަބަވީ އިރުޝާދު

https://youtu.be/Is9pdsNqlsU

ރެފަރެންސް:

https://dhisalafiyyah.net/article/8450

46