އީ-ކުތުބު
ފޮތް: ފަރުޟު ނަމާދުގެ ފަހުގައި ކިޔާ ޒިކުރުތައް (މާނައާއެކު)

الحمد لله رب العالمين والصلاة والسلام على نبينا محمد وعلى آله وصحبه أجمعينأما بعد:

ފަހެ, ހަމަކަށަވަރުން ފަރުޟު ނަމާދުގެ ފަހުގައި ކިޔާ ޒިކުރުތަކަށް އިސްލާމްދީނުގައި ވަނީ ވަރަށް މަތިވެރި މަޤާމެއް ދެއްވާފައެވެ. ނަބިއްޔާ ﷺ ވަނީ އެޒިކުރުތައް އުންމަތަށް ދަސްކޮށްދެއްވައި އެ ޒިކުރުތައް ކުރުމަށް ބާރުއަޅުއްވައި ހިއްވަރުދެއްވާފައެވެ.

އެހެންކަމުން އެޒިކުރުތައް ދަސްކުރުމަކީ އަޅުގަނޑުމެން ކުރުން މޮޅު އިތުރުވެގެންވާ ކަމެކެވެ. އަދި ހިތް ޙާޟިރުކޮށް، ކިޔޭ އެއްޗެއް އެނގުމަށްޓަކައި އެޒިކުރުތަކުގެ މާނަ ދަސްކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

މި ފޮތުގައިވާ ޒިކުރުތައް ނަގާފައިވާނީ ’ފަރުޟު ނަމާދުގެ ފަހުގައި ކިޔާޒިކުރުތައް މާނައާއި ޝަރަޙައާއި އެކު‘ މިނަމުގައި އައްޝައިޚް ޢަބްދުﷲ ބުނި ޞާލިޙުލް ފައުޒާން ލިޔުއްވާފައިވާ ފޮތުންނެވެ. އެ ފޮތުގައި ޒިކުރުތަކުގެ ޝަރަޙަތައް ހިމަނާފައިވީކަމުގައި ވިޔަސް މިފޮތުގައި އެފޮތުގައި ހިމެނޭ ޒިކުރުތަކުގެ ޝަރަޙަތަކުގެ ތަރުޖަމާއެއް ނުހިމެނޭނެއެވެ.

ދުޢާއަކީ މިފޮތުގެ ފައިދާ މިފޮތް ކިޔާ އެންމެހާ ފަރާތްތަކަށް ލިބިގެން ދިއުމެވެ. އަދި މިއަޅާ ނަރަކައިން މިންޖުވުމުގެ ސަބަބެއްކަމުގައި މިކުޑަކުޑަ މަސައްކަތް ލެއްވުމެވެ.

ފޮތް ހިލޭޑައުންލޯޑް ކޮށްލާށެވެ!

586
  1. Zaahidha

    Varah ufaavejje mifoi hadhiyaa kurehvi kamahtakai, heyo rahmai lahvaashi Aameen