ޚަބަރު
ވަކިވެ ދިޔަ މީހުންގެ ޙަޔާތުން ޢިބްރަތް ލިބިގަނެ، ނަފްސު އިސްލާޙުކުރޭ!، މި ރަމަޟާންމަހަކީ ޙަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާންމަހަށް ވެދާނެ: ހުކުރުޚުތުބާ

 

ތިޔަބައިމީހުންގެ ވަށައިގެން ދިރިއުޅެމުންދިޔަ އެކުވެރިންނާއި، ރަޙުމަތްތެރިންނާއި، ގާތްތިމާގެ މީހުން ކުރެ، މި އަހަރުގެ ރަމަޟާން މަހާ ބައްދަލުނުވެ، ދުނިޔެއާ އަލްވަދާޢު ކިޔާފައިވަނީ ކިތައް މީހުން ހެއްޔެވެ؟ ބައެއް މީހުންނަކީ، ވޭތުވެދިޔަ ރަމަޟާން މަހުގައި، ތިބާއާއެކު ރޯދަހިފައި، ޤުރުއާންކިޔަވައި، ތަރާވީޙުކޮށް އުޅުނުމީހުންނެވެ. މިއަދު އެމީހުން އެތިބީ، ދުންޔެވީ ޙަޔާތާ ވަކިވެގެން ގޮސްފައެވެ. ފާއިތުވީ ރަމަޟާންމަހާ ބައްދަލުކުރިއިރު، އެއީ އެމީހުންގެ ޙަޔާތުގެ ފަހު ރަމަޟާންމަސް ކަމެއް، އެމީހުންނަކަށް ނޭނގެއެވެ. މިއަދު އެމީހުންގެ އާދޭހަކަށް ވާނީ ތައުބާވެ، ރޯދަ ހިފުމަށާއި، ނަމާދުކޮށް ޞަދަޤާތްކުރުމަށް ކުޑަނަމަވެސް ފުރުސަތެއް އަލުން ލިބުމެވެ. މާތްﷲ  އެމީހުންނަށް ރަޙުމަތް ލައްވައި، ސުވަރުގެ މިންވަރު ކުރައްވާށިއެވެ.

 މި ރަމަޟާންމަހަކީ ޙަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާންމަހަށް ވެދާނެ: ހުކުރުޚުތުބާ

 

ވަކިވެ ދިޔަ މީހުންގެ ޙަޔާތުން ޢިބްރަތް ލިބިގަންނާށެވެ. މި ރަމަޟާންމަހަކީ ޙަޔާތުގައި ބައްދަލުވާނެ އެންމެ ފަހު ރަމަޟާންމަސް ކަމަށް ދެކި، ނަފްސު އިސްލާޙު ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި މި މަހާ ކުރިމަތިލާށެވެ. މިއީ މާތްﷲ ތިބާއަށް ދެއްވި މަތިވެރި ނިޢުމަތެއް ކަމުގައި ދެކި، ފިސާރި ހެޔޮގޮތުގައި މި މަހުގެ ބޭނުން ހިފާށެވެ!

3