އިބުރަތްތެރި ވާހަކަ
ރަސްގެފާނާއި ތިން މިނިސްޓަރު

އެއްދުވަހަކު ރަސްގެފާނުގެ އެންމެ އަރިސް ތިން މިނިސްޓަރު ގެންނަވާފައި ތިން މިނިސްޓަރަށް ތިން ދަބަސް ދިނެވެ. އަދި ކޮންމެ މީހަކު އެއަށް މޭވާ އަޅައިގެން ގެނައުމަށް އެދުނެވެ. މިއީ އެ މިނިސްޓަރުންގެ ތެދުވެރިކަން ބެއްލެވުމަށް ރަސްގެފާނު ކުރެއްވިކަމެކެވެ.

ފުރަތަމަ މިނިސްޓަރު ރަސްގެފާނު ވިދާޅުވި ބަސްފުޅު ވަރަށް ކަމޭހިތައި އެންމެ ރަނގަޅު މޭވާ އެޅިއެވެ.

ދެވަނަ މިނިސްޓަރު ރަސްގެފާނު ވިދާޅުވި ބަސްފުޅަށް އެހާ ސީރިއަސްކޮށެއް ނުނަގައެވެ. ރަނގަޅު މޭވާ އާއި ގޯސް މޭވާ އަޅައި ދަބަސް ފުރާލިއެވެ.

ތިން ވަނަ މިނިސްޓަރު މުޅިން ތަފާތެވެ. އޭނާގެ ދަބަހަށް އެޅީ މުޅިންވެސް ފަތެވެ. އޭނާގެ އަޒުމަކަށްވީ ކޮންމެސް އެއްޗެއް އަޅައިގެން ދަބަސް ފުރާލުމެވެ. ރަސްގެފާނަށް އޮޅުވާލުމަށެވެ.

ތިން މިނިސްޓަރުން އައުމުން ރަސްގެފާނު ވިދާޅުވިއެވެ. ތިޔަ ތިން މިނިސްޓަރުން ތި ދަބަސް ހިފައިގެން ދާނީ ޖަލަށެވެ. އެމީހަކު އެއްކުރި ކާއެއްޗެއް ނޫނީ އެތަނުގައި ނުކެވޭނެއެވެ.

ފުރަތަމަ މިނިސްޓަރުގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނެތެވެ. އޭނާ އެއްކުރީ އެންމެ ރަނގަޅު މޭވާއެވެ.

ދެވަނަ މިނިސްޓަރު ކަންބޮޑުވިއެވެ. އެއީ ގޯސްމޭވާއާއި ރަނގަޅު މޭވާ ދެބައި އެއްކޮށް އެދަބަހުގައި ހުންނާނެތީއެވެ.

ތިންވަނަ މިނިސްޓަރު ވަރަށް ދެރަވިއެވެ. އޭނާގެ ދަބަހުގައި އެންމެ މޭވާއެއްވެސް ނެތެވެ.

މި އީ އަޅުގަނޑުމެން މި ދުނިޔޭގެ މިސާލެވެ. މި ދުނިޔެއަށް ފޮނުއްވީ މާތް ފޮތެއް ދީފައެވެ. އެ ފޮތުގައިވާގޮތަށް ގިނަ ހެޔޮ އަމަލުކުރަން އެއްބަޔަކު އުޅެއެވެ. އަނެއްބަޔަކު ގޯސް އަމަލާއި ރަނަގަޅު އަމަލު ކުރެއެވެ. އަނެއްބަޔަކު އެއްވެސް ވަރަކަށް ވިސްނުމެއް ފިކުރެއްނެތި ވަގުތުގެ ބޭނުން ނުހިފައި ބޭކާރުގޮތުގައި ދުވަސްތައް ދުއްވާލައެވެ. އެފަދަ މީހަކު އާޚިރަތުގައި ދެރަވެ ނިކަމެތިވާނެއެވެ.

މިވާހަކައިން ލިބޭ އިބްރަތް: ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވާންވާނެއެވެ.

34