ޚަބަރު
ޞަދަޤާތްކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުޞަތެއް

ފަޤީރުންނާއި މިސްކީނުންނަށް އެހީވުމަށް ނުވަތަ ޞަދަޤާތް ދިނުމަށް ގޮވާލެވިއްޖެނަމަ އަޅުގަނޑުމެންގެ ތެރެއިްނ ވަރަށް ގިނަ މީހުން އެކަމަށް އަވަސްވެގަނެއެވެ. އެއީ ވަރަށް ރަނގަޅު މާތް ކަމެކެވެ. ހަމަ އެފަދައިން މީސްތަކުންނަށް އެބައިމީހުން ކޮންމެހެން ބޭނުންޖެހޭ ދީނީ މަޢުލޫމާތު ތަކާއި ނަޞޭޙަތްތައް ފޯރުކޮށްދިނުމަށް އިންވެސްޓް ކުރުމަކީވެސް ނުހަނު ދަރުމަ ހުރިކަމެކެވެ. އެހެނީ މީސްތަކުންނަށް ހެޔޮކަން ފޯރުކޮށްދިނުމަކީ ނުހަނު މާތް މަތިވެރިކަމެކެވެ.ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. (إنَّ اللَّهَ وملائِكتَهُ وأَهلَ السَّماواتِ والأرضِ حتَّى النَّمْلةَ في جُحْرِها وحتَّى الحوتَ – ليُصلُّونَ على معلِّمِ النَّاسِ الخيرَ) ރިވާކުރެއްވީ އައްތިރްމިޛީ

މާނައީ: ”ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުންނާއި އުޑުތަކާއި ބިމުގެ އަހުލުވެރިން މީސްތަކުންނަށް ހެޔޮކަން(ހެޔޮ ޢިލްމު) އުގަންނައިދޭ މީހާއަށް ޞަލަވާތް ލައްވައެވެ. ހޮރުގައިވާ ހިންޏާ މަސްމާހާމެހި ވެސް މެއެވެ.“

އަދިވެސް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

«خَيْرُ النَاسَ أَنْفَعُهُمْ لِلنَاسِ» (صحيح الجامع [3289]).

“މީސްތަކުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހުންގެ ތެރެއިން އެންމެ މީސްތަކުންނަށް ފައިދާބޮޑު މީހާއެވެ.”

އެހެންކަމުން އަޅުގަނޑުމެން މިވަނީ އިލްމު ޖަމިއްޔާއިން މީސްތަކުންނަށް ދީނީ ތަފާތު ޢިލްމުތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެ މާލީ އެހީތެރިކަން ދިނުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އިލްމު ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ މި ވަގުތު ދީނީކަންކަން ކުރިއެރުވުމަށާއި މުޖުތަމަޢު ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ޕުރޮގުރާމްތައް ޤައުމީ ފެންވަރެއްގައި ހިންގަމުންދާ ޖަމިއްޔާއެކެވެ. އެގޮތުން އިލްމް ފޭސްބުކްޕޭޖަކީ ދިވެހިރާއްޖޭގެ ހިންގަމުންދާ ދީނީ ޕޭޖްތަކުގެ ތެރެއިން އެންމެ ޓުރެންޑިން އަދި އެންމެ ގިނަ ފުލޯވަރސް ތިބި އެއް ފޭސްބުކް ޕޭޖެވެ. ޕޭޖް ރީޗް 250،000އަށް އަރާއިރު އިލްމްގެ ވެބްސައިޓް، އިންސްޓަގުރާމް، ޓިކްޓޮކް، ޓެލެގްރާމް، ވައިބަރ ކޮމިއުނިޓީއަކީވެސް ވަރަށް މަޤުބޫލު ސޯޝަލް މީޑިޔާ ޕުލެޓްފޯމްތަކެކެވެ.

އިލްމު ޖަމިއްޔާއިން ހިންގާ ތަފާތު އެކި ދީނީ ހަރަކާތްތަކަށާއި ވެބްސައިޓާއި ތަޢުލީމީ ހަރަކާތްތަކަށް އެހީވުމުގެ ފުރުޞަތުވަނީ އަބަދުވެސް ހުޅުވާލެވިފައެވެ. ކިތަންމެ ކުޑަ މިންވަރެއް ހޭދަކޮށްގެންވެސް އެހީތެރިވެވިދާނެއެވެ. އަދި ކޮންމެ މަހަކު ވަކިވަރެއް ފޮނުވައިގެންވެސް އެހީތެރިވެވިދާނެއެވެ. އަޅުގަނޑުމެން ފޯރުކޮށްދޭ ދީނީ ލިޔުންތަކާއި ދަރުސްތަކާއި ވީޑިއޯ އަދި ފޮޓޯ ޕޯސްޓްތައް ފޯރުކޮށްދިނުމުގެ ޘަވާބުވެސް އޭރުން ލިބޭނެއެވެ. އިން ޝާ ﷲ. އަޅުގަނޑުމެންނާ ބައިވެރިވެލައްވާށެވެ!

ބައެއް ބޭފުޅުން ދާއިމީ ގޮތެއްގައި ހަފްތާއަކު 50, 100, 150ރުފިޔާ ދެއްވައިގެން ”އިލްމު“ން އިސްލާމްދީނުގެ ޢިލްމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލައްވާކަން އުފަލާ އެކު ފާހަގަ ކުރަމެވެ. 

އިލްމުގެ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

777-00000-25357 (އިލްމް)  (ދިވެހިރުފިޔާ އެކައުންޓް)

777-00000-25358 (އިލްމް)  (ޑޮލަރ އެކައުންޓް)

މިފަދަ ހެޔޮ ކަންކަމަށް މަގުދެއްކުމަށް ކުރެވޭ އިންވެސްޓަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

މާތްﷲ ގެ މަގުގައި ހޭދަ ކުރާ އެއްޗެއް ގެއްލިގެން ނުދާނެކަން ބަޔާންކުރައްވާ، މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ

ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. [مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ] މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެހެޔޮކަންކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.”

81