އިބުރަތްތެރި ވާހަކަ
ރެސްޓޯރެންޓް ހުއްޓުމަކަށް ގެނައި ހާދިސާ

އެއްދުވަހަކު މުސްކުޅި ބައްޕަ ގޮވައިގެން ފިރިހެން ދަރިފުޅު ދިޔައީ ރޭގަނޑުގެ ކެއުމަކަށެވެ. ބައްޕަގެ މުސްކުޅިކަމުން ބައްޕައަށް ރީތިކޮށް ކެއުމަށް ދަތިވެއެވެ. ކާއިރު ގަޔަށްވެސް އެޅެއެވެ. އެ ރެސްޓޯރެންގައި ތިބި އެންމެން ކަހަލަ ގޮތަކަށް ތިބީ އެ ބައްޕައަށް ބަލާށެވެ. މި މަންޒަރު ފެނުނު ކަމުގައިވިއަސް ދަރިފުޅު އިނީ މަޑުމައިތިރިކަމާއެކު ހަމަހިމޭނުންނެވެ. ބައްޕަގެ އެ އަމަލާމެދު ލަދުވެއްޗެއް ނުވެއެވެ.

ބައްޕަ ކައި ނިމުމުން ފާހާނާއަށް ގޮސް ގަޔަށް އެޅިފައިވާ ކާތަކެތި ސާފުކޮށް އައިނާއި އިސްތަށިގަނޑު ރީތިކޮށްލިއެވެ. ބޭރަށް ނިކުތް އިރު މުޅި ރެސްޓޯރެންޓުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ބައްޕައާއި ދަރިފުޅަށް ނަޒަރު ހުއްޓިފައެވެ. ފިރިހެން ދަރިފުޅު ބިލް ދެއްކުމަށްފަހު ނިކުމެގެން ދަނިކޮށް އެތަނުގައިވާ މުސްކުޅި އެހެން ބޭބެއަކު ގޮވާލިއެވެ.” ތިޔަ ދަނީ އެއްވެސް އެއްޗެއް ބާވާފައި ހެއްޔެވެ؟”

ޖަވާބުގައި ފިރިހެން ކުއްޖާ ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ. ” ނޫނެކެވެ.”

އެ ބޭބެ ބުންޏެވެ. “ތިޔަ ދަނީ ވަރަށް ބޮޑު އެއްޗެއް ދޫކޮށްފައެވެ. ތިޔަ ދަނީ މިތަނުގައި ތިބި ކޮންމެ ފިރިހެން ދަރިއަކަށް ރަނގަޅު ފިލާވަޅެއް ދޫކޮށްފައެވެ.”

މުޅި ރެސްޓޯރެންޓަށް ހަމަހިމޭންކަން ގެނުވިއެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ މައިން ބަފައިންނަށް އިޙްސާންތެރިވުމެވެ. އެދެމީހުންނަށް ކިޔަމަންތެރިވުމެވެ. އެދެމީހުން ފަޚްރުވެރިވާފަދަ ގޮތަށް އަމަލުބެހެއްޓުމަކީ އުފަލެއްކަމުގައި ދެކުމެވެ. ބޮޑެތި މީހުންނަށް އަޅާލާއި ރީތި ނަމޫނާ ދެއްކުމަށް އިސްލާމްދީން ބާރުއަޅައެވެ.

މިވާހަކައިން ލިބޭ އިބްރަތް: މައިންބަފައިންނަށް ހެޔޮކޮށްހިތަންވާނެއެވެ.

10