ނަޞޭޙަތާއި އިރުޝާދު
ސަހާބީންގެ ޖަމާޢަތެއް ކަނޑުމަގުން ސައިޕްރަސްއަށް ކުރި ދަތުރު ގެ ވާހަކަ

އެއްދުވަހަކު ޢުބާދާ ބުނުއް ޞާމިތު رضي الله عنه ގެ ގޭގައި ރަސޫލާ ﷺ އަވަހާރަފުޅުލެއްޕެވިއެވެ. ޢުބާދަތު އިބުނުއްޞާމިތުގެފާނުގެ އަނބިކަނބަލުންނަކީ އުންމު ޙަރާމް ބިންތު މިލްޙާންއެވެ. އެކަލޭގެފާނު އަވަހާރަފުޅުން ތެދުވެވަޑައިގަތީ ހިނިވަރުނަ ކުރައްވަމުންނެވެ. އުންމު ޙަރާމް ރަސޫލާ ﷺ ހިނިވަރުނަކުރައްވާ ސަބަބެއްއޮޅުންފިލުއްވުމުން ރަސޫލާ ﷺ ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތުގެ ބަޔަކު ރަސްރަސްކަލުންފަދައިން ކަނޑުގައި ދަތުރު ކުރައްވަނިކޮށް ތިމަންކަލޭގެފާނަށް ދެއްކެވުނެވެ.” އެމީސްތަކުންގެ ތެރޭގައި އުންމު ޙަރާމް ލައްވާތޯ ދުޢާކޮށްދެއްވުމަށް އެދިވަޑައިގަތުމުން އެކަމަނާއަށް ރަސޫލާ ﷺ ދުޢާކޮށްދެއްވިއެވެ.

އުންމު ޙަރާމްމެންގެ ގެ ހުންނަނީ ގުބާ ގައެވެ.

އުންމު ޙަރާމް އަރާވަޑައިގެން އިންނެވި އަސް ކޮންމެވެސް ކަމަކާ ބިރުގަނެ، އެއަސް އުޅެގަތްގޮތުން އުންމު ޙަރާމް އަހުން ވެއްޓިވަޑައިގަތެވެ. ވެއްޓިވަޑައިގެން ލިބިވަޑައިގަތް ޒަޚަމް ރަނގަޅުނުވެ، ޝަހީދުވެވަޑައިގަތީއެވެ.

https://youtu.be/Is9pdsNqlsU

25