ނަޞޭޙަތާއި އިރުޝާދު
ނަރަކަވަންތަވެރިންނަށް ދެވޭ 4 ބުއިން

ނަރަކައިގެ އަޒާބަކީ ވޭންދެނިވި އަޒާބެކެވެ. ޤުރުއާނުގެ އަލީގައި ނަރަކަވަންތަވެރިންނަށް ދެވޭ 4 ވައްތަރެއްގެ ބުއިމުގެ މަޢުލޫމާތު މިލިޔުމުގައި ގެނެސްދޭނަމެވެ. إن شاء الله

ފުރަތަމައީ: الحَمِيْمُ އެވެ. އެއީ ހޫނުކަންގަދަ ހޫނުފެނެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ.

‎﴿ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ

މާނައީ: “އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟” سورة محمد:15

މާތް ﷲ ވަހީކުރައްވާފައިވެއެވެ. ‎﴿ يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ آنٍ 

މާނައީ: “އެ ނަރަކައިގެ އަލިފާނާއި، އަދި ކެކިކެކިހުންނަ ހޫނުފެނާ ދެމެދުގައި، އެއުރެން ހިނގަހިނގާ ތިބޭނެތެވެ.” سورة الرحمن:44

ދެވަނައީ: الغَسَّاقُ އެވެ. އެއީ ނިހާޔަތަށް ފިނިކަން ގަދަވެފައިވާ، ކުނިވަސް ދުވާ ފިނިފެނެވެ.

الغَسَّاقُ ގެ ވާހަކަ ‎﴿ لا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا . إِلَّا حَمِيمًا وَغَسَّاقًا﴾‏ޢައްމާ ފޮތް ފެށޭ ސޫރަތުގައި އައިސްފައިވެއެވެ.

މާތްނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

” لَوْ أنَّ دَلْوًا مِنْ غَسَّاقٍ يُهَراقُ فِي الدُّنْيا لأنْتَنَ أهْلَ الدُّنْيا “(رواه الحاكم)

މާނައީ:الغَسَّاقُ ގެ އެންމެ ދާންޏެއްގެ މިންވަރު ދުނިޔެއަށް އޮއްސާލެވިއްޖެނަމަ ،އޭގެ ސަބަބުން ދުނިޔޭގެ އަހުލުވެރިންނަށް ކުނިވަސް ޢާއްްމުވެއްޖެއެވެ.

ތިންވަނައީ: الصَّدِيْدُ އެވެ. އެއީ ނަރަކަވަންތަވެރިންގެ ގައިން އޮހޮރޭދޮހެވެ.

مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ

މާނައީ: އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ. سورة ابراهيم

ހަތަރުވަނައީ:المهلއެވެ. އެއީ ތެޔޮކުނޑި ފަދަ ހޫނުގަދަ އެއްޗެކެވެ.

 


ކޮންމެ ދުވަހެއްގެ ފަލަ ސުރުޚީގައި އާދަޔާޚިލާފު މަރުތަކެއްގެ ވާހަކަ އަޅުގަނޑުމެން ނުދެކެމުތޯ؟ ނުކިޔަމުތޯ؟ ނާހަމުތޯ؟ ދުއްވާފައި ދިޔަ ވެހިކަލް އެކްސިޑެންޓްވެގެން. މާރާމާރީއެއްގައި ދެވުނު ހަމަލާއެއްގެ ސަބަބުން. ކުއްލިއަކަށް ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން. ނިދާފައި ހޭނުލައިގެން ބަލައިލިއިރު (ނިދީގައި އޭނާގެ ފުރާނަ ގެންދެވިގެން). ޑައިވިންއަށް ފޭބިގޮތަށް އަނބުރާ ނާރާއިގެން. މިހިރީ ރެޔާއި ދުވާލު އަޅުގަނޑުމެން އަޑުއަހާ ވާހަކަތައް

މުސްލިމު އަޚުންނޭވެ. ޣާފިލުކަމުގެނިދިން ހޭލައި، ހެޔޮކަމުގެމައިދާނާއި ކުރިމަތިލާށެވެ.

14