ނަޞޭޙަތާއި އިރުޝާދު
ނަފުސު އިޞްލާޙުކުރުން

ނަފުސު އިޞްލާޙުކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީ ހެޔޮ ނިޔަތެއްގައި އެކަން ކުރަން ފެށުމެވެ. ހާސް މޭލުގެ ދަތުރުވެސް ފެށެނީ އަޅާލެވޭ އެންމެ ފިޔަވަޅަކުން ކަމުގައި އަބަދުވެސް ހަނދާން ބަހައްޓާށެވެ. ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމުގެ ނުބައި އާދަ ދޫކޮށް، ތިބާއަށް ފައިދާހުރި ކަންކަމުގައި ގަދައަޅާ މަސައްކަތްކުރާށެވެ. އެހެނީ ތިބާއަށް ކާމިޔާބުވުން ޙާޞިލުވުންވަނީ ތިބާއަށް ފައިދާހުރި ކަންކަމުގައި ތިބާ މަޝްޣޫލުވުމުންނެވެ. ބުނާ މީހަކު ބުނެފާނެއެވެ. އަހަރެންގެ މައްސަލައަކީ ރޯދަމަހަށް ފަހެވެ. އެހެންނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ 30 ދުވަހު އާދަވެ ކަމެއް ކޮށްފިނަމަ، ތިބާ ހުންނާނީ އެކަމަށް ހޭނިފައެވެ ކުރު މުއްދަތެއްގެ ތެރޭގައި އެމީހެއްގެ ނަފްސު ހެޔޮކަންކަމުގައި ތަރުބިއްޔަތު ކުރަން އެދޭ މީހާ މިދުވަސްތަކުގައި ކުޑަ ހިތްވަރެއް ކޮށްލާށެވެ. އިސާހިތަކު ހެޔޮ ކަންތައްތައް އާދައަކަށްވެ ނުބައި ކަންތައްތަކަށް ނަފްރަތްތެރިކަން އުފެދި އެކަންތައްތަކުން ދުރުހެލިވެވިދާނެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. “ اَلْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنْ اتَّبَعَ نَفْسَهُ هَوَاهَا وَتَمَنَّى عَلَى اللَّهِ الأَمَانِي “ (رواه أحمد والترمذي) “ ބުއްދިވެރިއަކީ ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ކޮންޓްރޯލްކޮށް، މަރުވުމަށް ފަހު އަންނަށް ދުވަހަށް (އާޚިރަތް ދުވަހަށް) ޓަކައި ހެޔޮ ޢަމަލު ކުރާ މީހާއެވެ. އަދި ނުކުޅެދުންތެރި އަކީ ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ހިތް އެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ، ﷲގެ ޙަޟްރަތުން އުއްމީދުތައް ކުރާ މީހާއެވެ.“

1