ނަޞޭޙަތާއި އިރުޝާދު
ދުނިޔަވީ އަދި އުޚުރަވީ ޙަޔާތުގައި މާތްﷲގެ ޢުޤޫބާތުން ސަލާމަތްކޮށްދެއްވުން އެދި ކުރެވިދާނެ 3 ދުޢާ

ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުގައި، އިތުރުއެކަލޭގެފާނުގެ އެއްފަރާތުގައި އަވަހާރަފުޅު ލައްޕަވައިގެން އޮންނެވީމެވެ. ފަހެ ރޭގަނޑުގައި (އެހެން އޮންނަވަނިކޮށް) ތިމަންކަމަނާއަށް އިތުރު އެކަލޭގެފަނު ގެއްލިވަޑައިގަތެވެ. ދެންފަހެ ތިމަންކަމަނާ އަތް ކާއްތަވައި އެކަލޭގެފާނު ކައިރީގައި އޮންނެވިތޯ ބެއްލެވީމެވެ. އެހިނދު ތިމަންކަމަނާގެ އަތްތިލައިން އިތުރު އެކަލޭގެފާނުގެ ފައިތިލަކޮޅުގައި އަތްލެވިއްޖެއެވެ. އޭރު އެކަލޭގެފާނު އޮންނެވީ ސަޖިދައަށެވެ. އޭރު އެކަލޭގެފާނު މި ދުޢާ ކިޔުއްވަނީއެވެ.

اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاَ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ  މާނައީ: “އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބަ ﷲ ގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲ ގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބަ ﷲ ގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަގެ ޙަޟްރަތަށް ދަންނަވަމެވެ. އިނބަރަސްކަލާނގެއަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދުނުކުރެވޭހައި ގިނައެވެ. އިބަ ﷲ އީ އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ.”

(ރިވާކުރެއްވީ މުސްލިމް)


(اللهُمَّ إني أَعُوْذُ بِكَ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ)) [البخاري 6347]

މާނައީ: “އޭ ﷲ! ބަލާވެރިކަމުގެ ދަތިކަމުންނާއި، އަބާއްޖަވެރިކަމުގެ ދަށްކަމުންނާއި، މިންވަރުގެ ނުބައިކަމުންނާ އަދި މިއަޅާގެ ޢަދާވާތްތެރިން މިއަޅާއަށް ދިމާވާ ދެރަކަންތައްތަކާއި އުފާކޮށްހެދުމުން މިއަޅާ އިބަ ﷲގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”

 

((اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)) [أخرجه مسلم 96 – (2739)]

މާނައީ: ” އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ.”

13