ނަޞޭޙަތާއި އިރުޝާދު
ޤިޔާމަތް ގާތްވީވީހެން….

ޤިޔާމަތް ގާތްވީވީހެން ހެޔޮލަފާ ޞާލިޙު އަޅުން މަދުވަމުން މަދުވަމުން ދާނެއެވެ. ޖާހިލުންނާއި ފާސިޤުންނާއި ކާފަރުން ގިނަވަމުން ގިނަވަމުންދާނެއެވެ. އެންމެފަހުން މީސްތަކުން ގެފުޅަށް ޙައްޖަށް ދިޔުންވެސް ހުއްޓާލާނެއެވެ.

”ގެފުޅަށް ޙައްޖަށް ދިޔުން ހުއްޓިއްޖައުމަށްދާންދެން، ޤިޔާމަތް ޤާއިމުނުވާނެއެވެ.“

ޙަދީޘް ރިވާކުރެއްވީ އަލްޙާކިމް. އިމާމް އަލްބާނީ މި ޙަދީޘް ޞައްޙަކުރެއްވި.


ޔައުޖޫޖު މައުޖޫޖުގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން ޢީސާ ޢަލައިހިއްސަލާމް އާއި މުއުމިނުން މާތް ﷲ އަށް ދުޢާ ދެންނެވުމުން މާތްﷲ އެބައިމީހުން ނެތިކުރައްވާނެ.

”ދެންފަހެ، ﷲ ގެ ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ އަޞްޙާބުން ދުޢާފުޅުކުރައްވާނެއެވެ. ދެން، ﷲ އެބައިމީހުންގެ ކަރުތަކުން ނަޣަފު އޭ ކިޔުނު ފަންޏެއް ނުކުންނާނެ ގޮތް މިންވަރުކުރައްވާނެއެވެ. ދެން އެއް ފުރާނަ މަރުވެގެންދާ ފަދައިން އެކީ އެކައްޗަކަށް އެންމެން މަރުވެދާނެއެވެ.“

ރެފަރެންސް: ޞަޙީހް މުސްލިމް 2937

ޔައުޖޫޖު މައުޖޫޖު ނެތިދިޔުމަށްފަހު، އަލުން ބިމަށް އާރޯކަން ލިބި، ބިމުގެ ބަރަކާތް އިތުރުވެގެންދާނެއެވެ.

”ދެން ބިމަށް އެންގެވޭނެތެވެ. އިނބަގެ މޭވާތައް ނެރެ، އިނބަގެ ބަރަކާތްތައް އަނބުރާ ގެންނާށެވެ.“

ރެފަރެންސް: ޞަޙީހް މުސްލިމް 2937


މުއުމިނު އަޅާ ސުވަރުގޭގެ ނިޢުމަތުގެ ތެރެއަށް އެންމެ ފަހަރަކު ގަންބާލެވިފައި ނެގުމުން ވެސް، އޭނާއަކީ ދުނިޔެމަތީގައި ކިތަންމެ ބޮޑު މުޞީބާތެއް ތަހައްމަލުކޮށްފައި ވީ މީހަކު ކަމުގައި ވިޔަސް އެ މުޞީބާތެއްގެ މަތީން ހަނދާނެއް ނުހުންނާނެއެވެ.

ޔާ ﷲ! އަޅަމެންނަކީ އެފަދައިން ސުވަރުގޭގެ ނިޢުމަތަށް ގަންބަވައިލެވޭ މުއުމިނުން ކަމުގައި ލައްވާދޭނއެވެ. އާމީން!

9